logoEN
cocacola
ކުޅުދުއްފުށި ސިޓީގައި ހުވަނި ގިނަވަމުންދާތީ, ހުވަނި މަދުކުރުމަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޯށްދީފި

ކުޅުދުއްފުށި ސިޓީގައި ހުވަނި ގިނަވަމުންދާތީ, ހުވަނި މަދުކުރުމަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޯށްދީފި

އައިޝަތު އިފާޝާ

logo

5/5/2024, 4:40:11 AM

# އެމްއެންޑީއެފް

ހުވަނި ގިނަވެފައިވާ ސަރަހައްދުތަކުގައި ހުރި ރުއްގަސްތަކަށް އެމްއެންޑީއެފުން ފެން ޖަހަނީ

ކުޅުދުއްފުށި ސިޓީގައި ހުވަނި ގިނަވަމުންދާތީ ހުވަނި މަދުކުރުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ގޮސިޔާ

ކުޅުދުއްފުށި ސިޓީގައި ހުވަނި ގިނަވަމުންދާތީ، ހުވަނި އާލާވެފައިވާ ރުއްގަސްތަކަށް ފެން ޖަހައި، ހުވަނި މަދުކުރުމުގެ ހަރަކާތެއް ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އެދިލެއްވުގެ މަތިން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން މިއަދު ހަވީރު ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން، ހުވަނި ގިނަވެފައިވާ ސަރަހައްދުތަކުގައި ހުރި ރުއްގަސްތަކަށް ސިފައިން ވަނީ ޖުމުލަ 7 ޓަނުގެ ފެން ޖަހާފައެވެ.

އަދި އެ ސިޓީގައި ހުވަނި ގިނަވަމުންދާތީ ހުވަނި މަދުކުރުމަށް މީގެ މަހެއްހާ ދުވަސްކުރިން ވެސް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ