logoEN
cocacola
"ރޯޝަނީ" ބޯޓު ފަރަށް އަރައިފި

"ރޯޝަނީ" ބޯޓު ފަރަށް އަރައިފި

އައިޝަތު އިފާޝާ

logo

5/5/2024, 4:23:32 AM

# އެމްއެންޑީއެފް

ރޯޝަނީ ބޯޓު ފަރަށް އަރާފައި

މުދާ ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ބޯޓެއް ފަރަށް އަރައިފިއެވެ.

ގޮސިޔާ

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މައުލޫމާތު ދީފައިވާ ގޮތުގައި ފަރަށް އަރާފައިވަނީ ގދ ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ "ރޯޝަނީ" ނަމަކަށް ކިޔާ ބޯޓެކެވެ.

މުދާ ބަރުކޮށްގެން ދަތުރުކުރަމުންދިޔަ މި ބޯޓުގައި 16 މީހުން ތިބި ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އަދި ބޯޓު ފަރަށް އެރުމާއި ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ޑައިވަރުންނާއެކު އެސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދެމުންްދާ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި ބޮޑު ދިޔައިގަ އެ ބޯޓު ފުންކުރުމަށް ތައްޔާރުވަމުންދާކަމަށެވެ. އެގޮތުން ބޮޑު ދިޔައިގައި ބޯޓު ކަފުޖަހާނެ ބޯޓެއް އައުމުން ފުންކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ބޯޓުން ދަތުރުކުރި އެންމެގެ ހާލުވެސް ރަނގަޅުކަމަށާއި ކޯސްޓްގާޑްގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓްގެ ޑައިވަރުންނާއެކު ބޯޓު ފުންކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ