
ކުޅުދުއްފުށި ސިޓީގެ، ގެއެއްގެ ބަދިގޭގައި ރޯވެއްޖެ
# އަލިފާނުގެ ހާދިސާ# ފަޔަރމަން# އެމްއެންޑީއެފް# ކުޅުދުއްފުށި ސިޓީކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގޭގައި ރޯވެގެން އެމްއެންޑީއެފް އިން އަލިފާންގަނޑު ނިއްވާލައިފިއެވެ.

ރޯވެފައިވަނީ ކުޅުދުއްފުށި ސިޓީ، "ގޮންބުލިމާގެ" ބަދިގޭގައެވެ. އެ އަލިފާންގަނޑު ރޯވެފައިވަނީ މިއަދު ހެނދުރުގެ 10:30 ހާއިރުއެވެ.
އެމްއެންޑީއެފް އިން ބުނި ގޮތުގައި، އެ ގޭގެ ބަދިގޭގައި އަލިފާން ރޯވިކަމުގެ ޚަބަރު ލިބުމާއެކު، އެ ސިޓީގެ ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، އަލިފާން ނިވުމުގެ މަސައްކަތް ކޮށްފައެވެ. އެގޮތުން ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ ހެނދުނު 10:40 ހާއިރެވެ.
އެ ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް އެ ގޭގެ ބަދިގެއަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.