logoEN
cocacola
އިވާންގެ 6 ލަނޑާއެކު ޗެލްސީ އިން ކުޑަފަރީ ކޮޅަށް 11 ލަނޑުޖަހައިފި

އިވާންގެ 6 ލަނޑާއެކު ޗެލްސީ އިން ކުޑަފަރީ ކޮޅަށް 11 ލަނޑުޖަހައިފި

ހަސަން ޝަމްއޫން

logo

4/26/2024, 2:01:58 PM

# ދިވެހި ކުޅިވަރު # ދަ މެންގްރޯވް އައިލެންޑް ޗެމްޕިއަންޝިޕް

ނައިފަރު ޗެލްސީގެ ކުޅުންތެރިން ކުޑަފަރީ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ... ފޮޓޯ: ސިޑިބަރި

ނ.ކެނދިކުޅުދޫގައި މިހާރު ކުރިއަށްދާ "ކުއާރޒޯ ދަ މެންގްރޯވް އައިލެންޑް ޗެމްޕިއަންޝިޕް 2024" ގައި މިއަދު ހަވީރު ކުޑަފަރީ އެސްސީ އާއި ނައިފަރު ޗެލްސީ ވާދަކުރި މެޗު ފަސޭހަކަމައެކު 11-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ނައިފަރު ޗެލްސީ ކާމިޔާބުކޮށްފިއެވެ.

ގޮސިޔާ

މުބާރާތުގައި ނައިފަރު ޗެލްސީ އިން ކުޅުނު ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން މަނަދޫ އަތުން އެޓީމު މޮޅުވިއިރު، ކުޑަފަރީ އެސްސީގެ ފުރަތަމަ މެޗުގައި ވިންޑް ވޯރިއާސް އަތުން ފަހުވަގުތު އެޓީމު ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.

ކެނދިކުޅުދޫ ފުޓުބޯޅަ ސްޓޭޑިއަމުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ނައިފަރު ޗެލްސީ އިން 6 ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރު ފަސް ލަނޑު ކާމިޔާބުކޮށްފައެވެ.

މިމެޗުގައި ނައިފަރު ޗެލްސީގެ ބެލަރުސް ފޯވާޑް އިވާން ވެރަސް 6 ލަނޑު ކާމިޔާބުކޮށް ދެ ހެޓްރިކް ހެދިއިރު، އެޓީމުގެ އަހުމަދު ސުހައިލް ވެސް ވަނީ ތިން ލަނޑު ކާމިޔާބުކޮށް މިމެޗުގައި ހެޓްރިކެއް ހަދާފައެވެ. މީގެ އިތުރުން އެޓީމުގެ ސްރީ ލަންކާ ފޯވާޑް މުހައްމަދު ޝިފާން އަދި ކެޕްޓަން މުހައްމަދު ނަދީމް މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ނައިފަރު ޗެލްސީގެ ބެލަރުސް ފޯވާޑް އިވާން ވެރަސް އެވެ.

ކެނދިކުޅުދޫ ކައުންސިލުންގެ ފަރާތުން އިންތިޒާމުކޮށް، މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބާއްވާ މި މުބާރާތުގައި މިއަހަރު ޖުމްލަ 10 ޓީމަކުން ބައިވެރިވެފައި ވާއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 6 ވަނަ ދުވަހު އެވެ.

މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ޅޮހި ފުޓްބޯޅަ ކްލަބް, މާޅެންދޫ ފުޓްބޯޅަ ޓީމް, ހިންނަވަރު ސްޕޯރޓްސް ކްލަބް, ކޮމެޓްސް ސްޕޯރޓްސް ކްލަބް އަދި މާފަރު ފުޓްބޯޅަ ކްލަބެވެ. ގްރޫޕް ބީގައި ހިމެނެނީ ކުޑަފަރި ސްޕޯރޓްސް ކްލަބް, ކެނދިކުޅުދޫ ވިންޑް ވޮރިއޯސް, މަނަދޫ ސްޕޯރޓްސް ކްލަބް, ނައިފަރު ޗެލްސީ, އަދި ޑީ ޓޫ ސްޕޯރޓްސް ކްލަބެވެ.

މިރޭވެސް މި މުބާރާތުގެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިރޭގެ މެޗުގައި ބައްދަލު ކުރާނީ ވިންޑް ވޯރިއާސް އަދި ޑީޓޫ ސްޕޯޓްސް ކުލަބެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ