logoEN
cocacola
ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ތާރީހާ ބެހޭ ފޮތެއް ނެރެފި

ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ތާރީހާ ބެހޭ ފޮތެއް ނެރެފި

އަލްފާ އަލީ

logo

4/26/2024, 11:48:47 AM

# ވައިގެ ދަތުރުފަތުރު# އޭވިއޭޝަން ދާއިރާ

--

ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ތާރީޚާ ބެހޭގޮތުން ލިޔެފައިވާ "އޭވިއޭޝަން އިން ދަ މޯލްޑިވްސް" ފޮތް ނެރެފި އެވެ.

ގޮސިޔާ

އިނގިރޭސި ބަހުން ލިޔެފައިވާ އޭވިއޭޝަން އިން ދަ މޯލްޑިވްސް ނެރެފައިވަނީ މިކަމަށްޓަކައި މީރުމާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރެއްވި އަދި މިހާރުވެސް ކުރަމުން އަންނަ ފަރާތްތައް ބައިވެރިވިއެވެ.

މިފޮތަކީ އޭވިއޭޝަންގެ ދާއިރާއަށް ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތްކުރައްވާފައިވާ އަޙްމަދު މުޙައްމަދު ލިޔުއްވާފައިވާ ފޮތެކެވެ. އޭވިއޭޝަން ދާއިރާގައި 19 އަހަރު ހިދުމަތްކޮށްފައިވާ އަހްމަދު މުހައްމަދު ވިދާޅުވީ, މި ފޮތް ލިޔުމަށް 3 އަހަރު ދުވަސް ނެގި ކަމަށެވެ.

12 ޗެޕްޓަރު ހިމެނޭ މި ފޮތުގައި, ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ފުރަތަމަ ފަހަރަށް ދިވެހިންނަށް މަތިންދާ ބޯޓެއް ފެނުނު ހިސާބުން ފެށިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތާރީޚާ ގުޅޭ މުހިންމު މަޢުލޫމާތުތައް ވަނީ ހިމަނާފައެވެ. އަދި އެއާޕޯޓު އެޅި ދުވަސްވަރުގެ މުހިންމު މައުލޫމާތުތައްވެސް ވަނީ ހިމަނާފައެވެ.

މިފޮތުގެ ހާޑް ކަވަރއާއި ސޮފްޓް ކަވަރ ކޮޕީވެސް ވަނީ ލޯންޗުކޮށްފައެވެ. ހާޑް ކަވަރ ކޮޕީއެއްގެ އަގަކީ 200 ރުފިޔާއެވެ. ސޮފްޓް ކޮޕީއެއްގެ އަގަކީ 150 ރުފިޔާއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ