logoEN
cocacola
ރާއްޖޭގެ ވައިގެ ދަތުރުފަތުރު ހަރުދަނާކުރަން ސިންގަޕޫރާއެކު އެއްބަސްވެއްޖެ

ރާއްޖޭގެ ވައިގެ ދަތުރުފަތުރު ހަރުދަނާކުރަން ސިންގަޕޫރާއެކު އެއްބަސްވެއްޖެ

އައިޝަތު އިފާޝާ

logo

3/15/2022, 5:09:15 PM

# ވައިގެ ދަތުރުފަތުރު# ޓްރާންސްޕޯޓް މިނިސްޓްރީ# ރާއްޖެ - ސިންގަޕޫރު

c4d44a67-e959-457d-b636-36058a638bd0

ޓްރާންސްޕޯރޓް ކޯޕަރޭޝަން އަދި އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން އާއި އިންސިޑެންޓް އިންވެސްޓިގޭޝަން ހަރުދަނާ ކުރުމަށް، ރާއްޖެއާއި ސިންގަޕޫރާ ދެމެދު، ދެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ގޮސިޔާ

އެ ކަމާ ގުޅޭ އެއްބަސްވުންތަގައި ސޮއި ކޮށްފައިވަނީ ސިންގަޕޫރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ. އަދި ސިންގަޕޫރު ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ސިންގަޕޫރުގެ ޓްރާންސްޕޯޓް އަދި ޓްރޭޑް ރިލޭޝަންސް މިނިސްޓަރު އެސް އިސްވަރަން އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ އެ އެއްބަސްވުންތަކަކީ ރާއްޖެއާއި ސިންގަޕޫރާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ދެގައުމުންވެސް ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދެގައުމުގެ ދެމެދުގައި ދަތުރުފަތުރުގެ ދާއިރާ ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތަށް އިތުރު ހިތްވަރު ލިބިގެންދާނެ ކަމަށް ނަހުލާ ވިދާޅުވިއެވެ.

އެ އެއްބަސްވުންތަކުގެ ދަށުން، ރާއްޖެއާއި ސިންގަޕޫރާއި ދެމެދު ދަތުރުފަތުރުގެ ދާއިރާގެ ގުޅުން އިތުރަށް ވަރުގަދަ ކުރެވިގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެ އެވެ. އޭގެތެރޭގައި ރާއްޖޭގެ ވައިގެ ދަތުރުފަތުރާއި ބެހޭ ތަމްރީނާއި، ކަނޑުދަތުރުފަތުރުގެ ދާއިރާއިން ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުމާއި، މަގުމަތީގެ ޓްރެފިކް މެނޭޖް ކުރުމާއި އަދި މަތިންދާބޯޓުތަކަށް ދިމާވާ އެކްސިޑެންޓްތަކާއި ވައިގެ ދަތުރުފަތުރުގައި ހިނގާ ހާދިސާތައް ތަހުގީގުކުރަން ސިްގަޕޫރުން އެހީވާނެ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ