logoEN
cocacola
ވައިގެ ދަތުރުފަތުރާ ގުޅޭ މައްސަލަތައް ރިޕޯޓުކުރުމަށް ހާއްސަ ޕްލެޓްފޯމެއް

ވައިގެ ދަތުރުފަތުރާ ގުޅޭ މައްސަލަތައް ރިޕޯޓުކުރުމަށް ހާއްސަ ޕްލެޓްފޯމެއް

އަލްފާ އަލީ

logo

4/3/2024, 12:18:04 PM

# ވައިގެ ދަތުރުފަތުރު# ޑާސާ

-

ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރާއި ގުޅޭ މައްސަލަތައް ރިޕޯޓު ކުރެވޭނެ ހާއްސަ ނިޒާމެއް ގާއިމުކޮށްފި އެވެ.

ގޮސިޔާ

ޑިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އިން ނެރުނު ސާކިއުލާއެއްގައި ވަނީ "އޭވިއޭޝަން ސެކިއުރިޓީ ކޮންފިޑެންޝިއަލް ރިޕޯޓިން ސިސްޓަމް" ގާއިމުކޮށްފައިވާ ކަމަށެވެ.

View post on Twitter

މިއީ މަދަނީ ވައިގެ ދަތުރުފަތުރަށް ނުރަނގަޅު އަސަރުކޮށްފާނެ ކަމަށް ނުވަތަ ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި ހިލާފު ކަމެއް ރާއްޖޭގެ ވައިގެ ބަނދަރުތަކާއި, ފްލައިޓުތަކާއި, ސަލާމަތާއި ގުޅުން ހުރި ތަނެއްގައި ހަރަކާތްތެރިވާ މީހަކަށް ނުވަތަ ދަތުރުވެރިޔަކަށް ފާހަގަވެއްޖެނަމަ ރިޕޯޓު ކުރުމުގެ ފުރުސަތު ލިބިގެންދާ ޕްލެޓްފޯމެކެވެ.

މި ނިޒާމުގެ ދަށުން މައްސަލަ ހުށަހަޅާ ފަރާތުގެ ވަނަވަރު ހާމަނުކޮށް ވެސް މައްސަލަ ހުށަހެޅޭނެ ކަމަށް ޑާސާއިން ބުނެ އެވެ. މި ނިޒާމް ބޭނުންކޮށް މައްސަލަތައް ހިއްސާ ކުރެވޭނީ ހާއްސަ ލިންކެއް މެދުވެރިކޮށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ