logoEN
cocacola
މޯލްޑިވިއަން އިން މާލެ އާއި ކޮލަމްބޯއާ ދެމެދު ދަތުރުތައް ފަށައިފި

މޯލްޑިވިއަން އިން މާލެ އާއި ކޮލަމްބޯއާ ދެމެދު ދަތުރުތައް ފަށައިފި

އަލްފާ އަލީ

logo

4/26/2024, 11:38:50 AM

# މޯލްޑިވިއަން

--

މޯލްޑިވިއަން އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ސްރީލަންކާގެ ކޮލަންބޯގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓާދެމެދު ސީދާ ދަތުރުތައް ފަށައިފި އެވެ.

ގޮސިޔާ

މޯލްޑިވިއަންގެ ފުރަތަމަ ފްލައިޓް 150 ފަސެންޖަރުންނާއެކު ފުރީ ރޭ 8:09 ގައެވެ. މި ދަތުރުތައް ފައްޓަވާ ދެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީނާއި، މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އާއި އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދެވެ.

މި ދަތުރުތައް ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގައި އޮންނައިރު، އެ ފްލައިޓްތަކުގައި ދަތުރުކުރާ ފަރާތްތަކުގެ ބެގެޖް އެލަވަންސްގެ ގޮތުގައި 30 ކިލޯ ލިބިގެންދާނެ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

މޯލްޑިވިއަން އިން ކޮލްމްބޯއަށް ކުރާ ދަތުރުތަކަށް ދެކޮޅު ޓިކެޓް ފެށޭ އަގަކީ 165 ޑޮލަރެވެ. މި ދަތުރުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ އެ އެއާލައިނުގެ A320 މަރުކާގެ ބޯޓެވެ.

މޯލްޑިވިއަންއިން ވިދާޅުވިގޮތުގައި އެ އެއާލައިނުން ކޮލަންބޯއަށް ދަތުރުކުރާ ފަރާތްތަކަށް ނަވާލޮކާ ހޮސްޕިޓަލުން ހާއްސަ ހިދުމަތްތަކެއް ލިބޭނެއެވެ. އެގޮތުން ޑޮކްޓަރަށް ދެއްކުމާއި މެޑިކަލް ހެއްދޭއިރު، ބަރުދަން ބެލުމަށާއި ވިޝަން ޓެސްޓުވެސް ހެއްދޭނެއެވެ. އަދި ދަތް ދެއްކުމާއި ޑައިޓިޝަނަކަށް ދެއްކުންވެސް ހިމެނެއެވެ.

އޭގެ އިތުރުން ލެބޯޓްރީ ޓެސްޓުތަކުން 15 އިންސައްތަ ޑިސްކައުންޓާއި އެކްސްރޭއިން ފަސް އިންސައްތަ ޑިސްކައުންޓް ލިބޭއިރު، ސްޕެޝަލް ޑިސްކައުންޓެޑް ހެލްތް ސްކްރީނިންގ ޕެކޭޖްގެ ހިދުމަތް ވެސް ލިބޭނެއެެވެ.

ސްރީލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ޗުއްޓީއަށާއި ބޭސްފަރުވާއަށް ދަތުރުކުރާ ގައުމެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ