logoEN
cocacola
މޯލްޑިވިއަންއިން ޗައިނާއާއި ޔޫރަޕަށް ސީދާ ދަތުރުތައް ފެށޭވަރުވާނީ އަހަރުގެ ފަހުކޮޅު - މިނިސްޓަރ އަމީން

މޯލްޑިވިއަންއިން ޗައިނާއާއި ޔޫރަޕަށް ސީދާ ދަތުރުތައް ފެށޭވަރުވާނީ އަހަރުގެ ފަހުކޮޅު - މިނިސްޓަރ އަމީން

އަހުމަދު ޝުރާއު

logo

4/29/2024, 5:46:57 PM

# މިނިސްޓަރ އަމީން# މޯލްޑިވިއަން# ރައީސް މުއިއްޒު

މިނިސްޓަރ އަމީން

މިއަހަރުގެ ފަޅުކޮޅު ރާއްޖެއާއި ޔޫރަޕާއި ޗައިނާއާއި ދެމެދު ގައުމީ އެއާލައިން, މޯލްޑިވިއަންއިން ސީދާ ދަތުރުތައް ފެށޭ ވަރުވާނެ ކަމަށް ބެލެވޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

މިނިސްޓަރ އަމީން މިފަދައިން ވިދާޅުވީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކުރިޔަށް ގެންދާ އަހާ ފޯރަމްގައި އާންމު ރައްޔިތަކު ވަޒީރާއި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން މޯލްޑިވިއަންއިން ޗައިނާއާއި ޔޫރަޕަށް ދަތުރުތައް ފެށުމާއި ގުޅޭގޮތުން ކުރި ސުވާލައް ޖަވާބުދެއްވަމުން މިނިސްޓަރ އަމީން ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން , އޮކްޓޯބަރ ފަހުކޮޅު ނުވަތަ ނޮވެމްބަރު ހިސާބަށް ދާއިރު ގައުމީ އެއާލައިން މޯލްޑިވިއަންއިން ޗައިނާގެ ސިޓީތަކަށާއި ޔޫރަޕްގެ ބައެއް ސިޓީތަކަށް ދަތުރުކުރަން ޝެޑިއުލްކޮށް ފެއްޓޭނެ ކަމަށެވެ.

އެގޮތުން މި ދަތުރުތައް ފެށޭނީ މޯލްޑިވިއަންގެ ވައިޑް ބޯޑީ އެއާކްރާފްޓްތަކުގެ އޮޕަރޭޝަންތަކާއި އެކުގައި ކަން މިނިސްޓަރ ހާމަކުރެއްވި އެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ވައިޑް ބޮޑީ އެއާކްރާފްޓެއް ރާއްޖެ ގެނެސް އެ ރެޖިސްޓްރީ ބަދަލުކޮށް ކަންކަން ކުރުމަކީ ވަރަށް ވަގުތު ނަގާ ދިގު ޕްރޮސެސްއެއް ކަމަށާއި ނަމަވެސް މި އަހަރުގެ ތެރޭގައި މި ހިދުމަތް ފެށިގެންދާނެ ކަމަށެވެ. މިނިސްޓަރ މިފަދައިން ވިދާޅުވިއިރު ލްޑިވިއަނަށް ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން' ތަޢާރަފްކޮށް، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ފަތުރުވެރިން ގެނެވޭނެ މަންޒިލްތަކަށް ޤައުމީ އެއަރލައިންގެ ސީދާ ދަތުރުތައް (ނަން-ސްޓޮޕް ފްލައިޓްސް) ފެށުމަށް ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ރައީސް މުއިއްޒު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ނިންމަވާފައި އެވެ.

މޯލްޑިވިއަނަށް ކޮންމެސް ވަރެއްގެ ގެއްލުންތަކެއް ވީނަމަވެސް, މޯލްޑިވިއަން އިން ބޭރުގެ ގައުމުތަކަށް ޓުއަރިޒަމް ސެކްޓާގައި އުޅުމުން, އިގްތިސޯދަށް ބޮޑެތި ފައިދާ ތަކެއް ވާނެ ކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ އެއީ ގައުމުގެ ސަލާމަތަށް ވެސް ވަރަށް މުހިންމު ކަމެއް ކަމަށާއި ރައީސްގެ ނިންމެވުމަކީ މި ކަންކަމަށް ބެއްލެވުމަށް ފަހު ނިންމެވި ނިންމެވުމެއް ކަމަށާއި އެކަން ކުރުމަށް މިހާރު ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ