
ބޮޑު އީދު ފާހަގަކުރަން ބޭނުންވާ ރަށްރަށުން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި
# އަޟްހާ އީދު# ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާ--
މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްތަކުން ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން އިން ވަނީ މިއަހަރުގެ އަޟްހާ ޢީދު ރާއްޖޭގެ 3 ރަށެއްގައި ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައެވެ.
ރަށްރަށުން މިކަމަށް އެދި ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އަޟްޙާ ޢީދު ފާހަގަކުރާނެ ރަށެއް ކަނޑައެޅުމުގައި ބަލާނީ އަޟްޙާ ޢީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި، ކައުންސިލުން ކުރާނެ ޚަރަދުތަކާއި، އަދި އަގެއް ނުނަގާ އެރަށަކުން ކޮށްދޭނެ ކަންތައްތަކުގެ މައްޗަށް ބަލައިގެންކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން އިން ވަނީ ބުނެފައެވެ.
އެ ވުޒާރާއާ ގުޅިގެން އަޟްޙާ ޢީދު ފާހަގަ ކުރުމަށް ބޭނުންވާ ރަށްރަށުން އަންނަ މަހުގެ 9 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން އެ ވުޒާރާއަށް ޕްރޮޕޯޒަލް އީމެއިލް ([email protected]) ކުރުމަށް ވަނީ އެދިފައެވެ.
މިއަހަރުގެ އަޟްޙާ ޢީދު ދުވަހަކީ އަންނަ ޖޫން މަހުގެ 17 ވަނަ ދުވަހެވެ.
ގުޅުންހުރި

ޗައިނާގެ ނެޝަނަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިންގ ކޮމިޓީގެ ވައިސް ޗެއާމަން، ޤައުމީ ދާރުލްއާސާރަށް ޒިޔާރަތް ކުރައްވައިފި

ދިވެހި ތަރިކައިގެ ދާއިރާއިން 40 ސިގްނޭޗަރ ރިސާރޗް ސްކޮލަރޝިޕް ހަވާލުކޮށްފި

ދާރުލްއާސާރު ތަރައްޤީކުރުމުގައި އެއްވެސް ތަރިކައެއް ނައްތާލާފައި ނުވާނެ - ވަޒީރު
-1754537238044.webp&w=3840&q=75)




