logoEN
cocacola
އަލް އައިން އަތްދަށުވެ، އަލް ހިލާލް އޭއެފްސީ ޗެންޕިއަންސް ލީގުން ކަޓައިފި

އަލް އައިން އަތްދަށުވެ، އަލް ހިލާލް އޭއެފްސީ ޗެންޕިއަންސް ލީގުން ކަޓައިފި

ހަސަން ޝަމްއޫން

logo

4/24/2024, 6:12:53 AM

# އަލް ހިލާލް # ބޭރު ދުނިޔޭގެ ކުޅިވަރު# އޭއެފްސީ ޗެންޕިއަންސް ލީގު # އަލް އައިން

އަލް ހިލާލް އާއި އަލް އައިން ވާދަކުރި މެޗުގެ ތެރެއިން

އޭއެފްސީ ޗެންޕިއަންސް ސެމީ ފައިނަލް ދެވަނަ ލެގުގައި އަންގާރަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން މޮޅުވި ނަމަވެސް 4-5 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިވެ، އަލް ހިލާލް މުބާރާތުން ކަޓައިފިއެވެ.

ގޮސިޔާ

އަލް އައިން މުބާރާތްގެ ސެމީ ފައިނަލުން ޖާގަ ހޯދީ ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ނަސްރު ކުއާޓާ ފައިނަލުގައި ބަލިކުރުމަށްފަހު އެވެ. އަދި އަލް ހިލާލް ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި ވާދަވެރި އަލް އިއްތިހާދު ބަލިކުރުމަށްފަހު އެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އަލް ހިލާލުން ނެވެ. މިލަނޑު މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ޕޯޗުގަލްގެ މިޑްފީލްޑަރު ރުބެން ނެވޭސް އެވެ.

ނަމަވެސް އޭގެ 8 މިނެޓް ފަހުން އަލް އައިން އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ޑިފެންޑަރު އެރިކް އެވެ. މިއީ އެޓީމުގެ މިސްރު މިޑްފީލްޑަރު ޔަހިއާ ނެޑާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައިި އަލް ހިލާލުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 51 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ދެވަނަ ފަހަރަށް ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފިލްޑަރު ސަލީމް އަލް ދައުސަރީ އެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ 73 ވަނަ މިނެޓުގައި އަލް އައިން އިން އިތުރު ލަނޑެއް ކާމިޔާބު ކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އަލް ހިލާލް ކުރީގައި އޮވެގެންނެވެ.

މުބާރާތުގެ ފައިނަލްގައި އަލް އައިން އިން ވާދަކުރަންޖެހެނީ މިރޭ ކުޅެވޭ ސެމީފައިނަލްގެ ދެވަނަ މެޗުގައި ކޮރެއާގެ އުލްސާން އާއި ޖަޕާނުގެ ޔޮކަހަމާ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ. މިދެޓީމުގެ މެދުގައި ކޮރެއާގައި ކުޅެވުނު ފުރަތަަމަ ލެގު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައި ވަނީ އުލްސާން އެވެ. މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު ރާއްޖެ ގަޑިން 15:00 ގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ