logoEN
cocacola
މުސްލިމު ވޯލްޑް ލީގު ޖަލްސާ އަށް ޝަހީމު ސައުދީ އަށް!

މުސްލިމު ވޯލްޑް ލީގު ޖަލްސާ އަށް ޝަހީމު ސައުދީ އަށް!

އަލްފާ އަލީ

logo

4/22/2024, 3:15:00 PM

# ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު# މުސްލިމް ވޯލްޑް ލީގު

---

މާދަމާ ސައުދީ އަރަބިއްޔާގައި ފަށާ މުސްލިމު ވޯލްޑް ލީގުގެ ސްޕްރީމް ކައުންސިލްގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ފުރާވަޑައިގެންފި އެވެ.

ގޮސިޔާ

މުސްލިމު ވޯލްޑް ލީގުގެ ސްޕްރީމް ކައުންސިލްގެ ޖަލްސާ އޮންނާނީ މިމަހުގެ 23ވަނަ ދުވަހު ސައުދީގެ ވެރިރަށް ރިޔާދުގައި އެވެ.

View post on Twitter

މުސްލިމު ވޯލްޑް ލީގު (ރާބިޠަތުލްޢާލަމީލް އިސްލާމީ) ގެ އެންމެ މަތީ މަޖިލީހުގެ މެންބަރަކަށް ޝަހީމް އައްޔަންކޮށްފައިވަނީ މިމަހުގެ ކުރީކޮޅު އެވެ. ޝަހީމް މި މަޖިލީހަށް އައްޔަންކޮށްފައިވަނީ ރާބިޠާގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުޙައްމަދު ބިން ޢަބްދުލްކަރީމުލް ޢީސާ އެވެ.

ރާބިޠާގެ އެންމެ މަތީ މަޖިލީހަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ އިލްމީ ޝަޚުޞިއްޔަތުތައް ހިމެނޭހެން އެކުލެވިގެންވާ ރާބިޠަތުލްޢާލަމިލް އިސްލާމީގެ އެންމެ މަތީ މަޖިލީހެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ