logoEN
cocacola
ޢީދު ނަމާދުކުރާ ގަޑި އަވަސްކުރުމާގުޅޭގޮތުން ދަނީ މަޝްވަރާ ކުރަމުން - ޑރ. ޝަހީމް

ޢީދު ނަމާދުކުރާ ގަޑި އަވަސްކުރުމާގުޅޭގޮތުން ދަނީ މަޝްވަރާ ކުރަމުން - ޑރ. ޝަހީމް

އައިޝަތު އިފާޝާ

logo

3/3/2024, 8:55:35 AM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ# ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު

ޢީދު ނަމާދުކުރާ ގަޑި އަވަސްކުރުމަށް މަޝްވަރާ ކުރަމުންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ވަޒީރު ވިދާޅުވީ ޢީދު ނަމާދުކުރާ ގަޑި އަވަސްކުރުމަށް އިދާރީ ބޭފުޅުންނާއި ޢިލްމުވެރިންގެ މެދުގައި މަޝްވަރާތަކެއް ކުރަމުންދާ ކަމަށެވެ.

ވަޒީރު ވިދާޅުވީ، ރާއްޖޭގައި ޢާންމުކޮށް ޢީދު ނަމާދުކުރަނީ ބޮޑު ޖަމާޢަތުގައި މައިދާންތަކުގައި ކަމަށާއި ޢީދު ޚުޠުބާ ކިޔާ ނިމޭއިރު އޮންނަނީ ވަރަށް ބޮޑަށް ހޫނު ގަދަވެފައިކަމަށެވެ. އަދި ރާއްޖޭގައި ޢީދު ނަމާދުކުރާ ގަޑިއަކީ އެހެން ތަންތަނުގައި ޢީދު ނަމާދުކުރާ ގަޑިއަށް ބަލާއިރު ލަސް ގަޑިއެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ގަޑި މުރާޖާކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވީ ޢީދު ނަމާދުކުރާ ގަޑިއަށް އެއްވެސް ބަދަލެއް އަންނަނަމަ، ރަމަޟާންމަހުގެ ކުރިން އަންގާނެކަމަށެވެ. އަދި މިއަހަރުގެ ފިޠުރު ޢީދު ނަމާދުން ފެށިގެން އެ ބަދަލަށް ޢަމަލުކުރަން ފަށާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކުރަނީ ހެނދުނު 7:30 ގައެވެ. މީލާދީ ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ފިޠުރު ޢީދު ދުވަސް ދިމާވަނީ އޭޕްރީލް 10 ވާ ބުދަ ދުވަހާއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ