logoEN
cocacola
އުމުރާއަށް ދާން އިހްތިޔާރުކުރާ ގްރޫޕަކީ ހުއްދަ އޮތް ގްރޫޕެއްތޯ ކަށަވަރު ކުރުމަށް އިލްތިމާސްކޮށްފި

އުމުރާއަށް ދާން އިހްތިޔާރުކުރާ ގްރޫޕަކީ ހުއްދަ އޮތް ގްރޫޕެއްތޯ ކަށަވަރު ކުރުމަށް އިލްތިމާސްކޮށްފި

އަހުމަދު ޝުރާއު

logo

3/29/2024, 7:25:52 PM

# ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

ޑރ ޝަހީމް

އުމުރާއަށް ދާން އިހްތިޔާރުކުރާ ގްރޫޕަކީ ހުއްދަ އޮތް ގްރޫޕެއްތޯ ކަށަވަރު ކުރުމަށް އިލްތިމާސްކޮށްފި އެވެ.

ގޮސިޔާ

މިކަން ހާމަކުރެއްވީ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

އެގޮތުން ޝަހީމް ވިދާޅުވީ އަމިއްލަ ޖަމާޢަތްތަކުގެ ހަވާލުގައި އުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކުން އެ ވަޑައިގަންނަވާ ޖަމާޢަތްތަކަކީ އުމްރާއަށް މީހުން ގެންދިއުމުގެ ރަސްމީ ހުއްދަ އޮތް ޖަމާޢަތްތަކެއްތޯ ކަށަވަރު ކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

View post on Twitter

ޝާހީމް މިފަދައިން ވިދާޅުވެފައިމިވަނީ އަމިއްލަ ޖަމާއަތެއްގެ ހަވާލުގައި އުމްރާއަށް ދިޔަ ބަޔަކު އުމްރާ ނިންމާލުމަށްފަހު އެނބުރި ރާއްޖެ އައުމަށް އުނދަގޫތަކާއި ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި އެވެ. އެގޮތުން ޓިކެޓު ގަތުމަށް ދިން ޗެކްތަކެއް ބައުންސްވެ އެ އުމްރާ ގްރޫޕުގެ ވެރިންނާއި ދެކޮޅަށް ދައުވާކުރަން ރާއްޖޭގެ ޓުއާ އޮޕަރޭޓަރަކު ތައްޔާރުވެފައިވާކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން މިއަދު ވަނީ ރިޕޯޓްކޮށްފައި އެވެ. ނަމަވެސް އެ ޖަމާއަތަކީ އިސްލާމިކް މިނިސްޓްރީގެ ހުއްދަ އޮތް ބައެއް ކަމެއް ނުވަތަ ނޫންކަމެއްވެސް އަދި މައުލޫމާތު ލިބިފައި ނުވެއެވެ.

އުމްރާއަށް ގެންދިޔުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނަގާ އަމިއްލަ ޖަމާއަތްތަކުގެ މައްސަލަތައް ދޭތެރެދޭތެރެއިން ފެންމަތިވެއެވެ. އަދި ބޮޑެތި ޖިނާއީ ތަހުގީގުތައްވެސް ކުރިޔަށް ގެންގޮސްފައި އެބަހުއްޓެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ