logoEN
cocacola
ގަނާކުރުމާ ދެކޮޅަށް ހޭލުންތެރިކުރުވުމަށް އިސްލާމިކް މިނިސްޓްރީން ހާއްސަ މަސައްކަތްތަކެއް ފަށަނީ

ގަނާކުރުމާ ދެކޮޅަށް ހޭލުންތެރިކުރުވުމަށް އިސްލާމިކް މިނިސްޓްރީން ހާއްސަ މަސައްކަތްތަކެއް ފަށަނީ

އައިޝަތު އިފާޝާ

logo

4/7/2024, 7:59:57 AM

# ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު

ގަނާ ކުރުމާއި ދެކޮޅަށް ދީނީ ހޭލުންތެރިކަން އިތުރު ކުރުމާށް މަސައްކަތްތަކެއް ފަށާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ގަނާ ކުރުމުން ކުޑަކުދިން ރައްކާތެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ހާއްސަ ޓާސްކްފޯހުގެ މަސައްކަތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ކުރައްވަމުންގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން ޑރ ޝަހީމް ވިދާޅުވީ, މި މައްސަލައަކަށް ގައުމު ހޭލުންތެރި ކުރުވަން އެ ވުޒާރާގެ ފަރާތުން މަސައްަކަތް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން މިނިސްޓްރީގެ ފަރާތުން އެކަމަށް މުޅި ޤައުމު ހޭލުންތެރިކުރުމަށް ވަރަށް ގިނަ މަސައްކަތް ކުރާނަން. މިގޮތުން ޚުޠުބާތަކުގެ ޒަރިއްޔާއިންނާއި، ދީނީ އެކިއެކި ޕްރޮގްރާމްތަކާއި ފޯރަމްތަކާއި، ބެލެނިވެރިންނަށް ހިންގޭ ޕްރޮގްރާމްތަކާއި އަދި އެކިއެކި އުމުރުފުރާތަކަށް ބަހައިގެން ކުރިއަށް ގެންދެވޭ ތަރުބަވީ ޕްރޮގްރާމުތަކުގެ ތެރެއިން، މިފަދަ ނޭދެވޭ ކަންކަން؛ އަނިޔާތައް ތަކުރާރުވެ ނުދިއުމަށްޓަކައި މާތްﷲ އިރާދަ ކުރެއްވީއްޔާ ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން" ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

ކުޑަކުދިންނަށް ގަނާ ކުރުމުގެ ނޭދެވޭ އަމަލު ހުއްޓުވުމަށް ޤައުމީ ފެންވަރުގައި ވަޒީރުން ހިމެނޭ ޓާސްކް ފޯހެއް އެކުލަވާލާފައިމިވަނީ، އއ. ރަސްދޫގައި ކުޑަކުއްޖަކަށް ގަނާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެ އެކަން ދައުލަތުގެ ކަމާއިބެހޭ އިދާރާތަކުގެ ސަމާލުކަމަށް އައުމާއެކުއެވެ.

އެގޮތުން އެކުއްޖާއަށް ގަނާ ކޮށްފައިވަނީ އުމުރުން 13 އަހަރުގެ ކުއްޖަކާއި 14 އަހަރުގެ ކުއްޖެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒީރުވަނީ ހާމަކުރައްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ