logoEN
cocacola
މޯލްޑިވިއަނުން ކޮލަމްބޯއަށް ބުރާސްފަތީގައި ދަތުރުތައް ފަށާނެ,  ދެކޮޅު ޓިކެޓު 165 ޑޮލަރަށް!

މޯލްޑިވިއަނުން ކޮލަމްބޯއަށް ބުރާސްފަތީގައި ދަތުރުތައް ފަށާނެ, ދެކޮޅު ޓިކެޓު 165 ޑޮލަރަށް!

އަހުމަދު ޝުރާއު

logo

4/22/2024, 2:35:38 PM

# މޯލްޑިވިއަން

މޯލްޑިވިއަން

ގައުމީ އެއާލައިން، މޯލްޑިވިއަނުން ސްރީލަންކާގެ ވެރިރަށް ކޮލަމްބޯއަށް، އަންނަ ބުރާސްފަތި ދުވަހު ދަތުރުފެށުމަށް ތައްޔާރުވެ ޓިކެޓުގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފި އެވެ.

ގޮސިޔާ

މޯލްޑިވިއަނުން މިއަދު ބުނީ ކޮލަމްބޯ އަށް ކުރާ ދަތުރުތަކުގެ ޓިކެޓު އަގު ފެށެނީ 165 ޑޮލަރަށް ކަމަށާއި ލަގެޖް އެލަވަންސްގެ ގޮތުގައި ޕަސެންޖަރުންނަށް 30 ކިލޯ ލިބޭނެ ކަމަށެވެ.

މާލެއިން، ކޮލަމްބޯއަށް ފުލައިޓް ރޭގަނޑު 7:35 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިރު، ކޮލަމްބޯއިން މާލެއަށް ފުލައިޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ ރޭގަނޑު 10:35 ގައެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ.

ކޮލަމްބޯ ދަތުރުތައް ބުރާސްފަތި އަދި ހޮނިހިރުގައި ބޭއްވުމުގެ ބޭނުމަކީ ބުރާސްފަތި ދުވަހު އޮފީސް ނިންމާލައި ކޮލްމްބޯއަށް ދިއުމަށްފަހު ހޮނިހިރު ދުވަހު އަނބުރާ ރާއްޖެއަށް އާދެވޭ ގޮތަށް ހަދައި، ހަފުތާ ބަންދަށް ސްރީ ލަންކާއަށް ދެވޭނެ ގޮތް ހަމަޖައްސައި ދިނުން ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

މޯލްޑިވިއަން އިން ލަންކާއަށް ދަތުރުތައް ކުރާނީ އެއާބަސް 'އޭ-320' މަތިންދާ ބޯޓުންނެވެ. މޯލްޑިވިއަންގެ ވެބްސައިޓާއި މޮބައިލް އެޕްލިކޭޝަނާއި ޓިކެޓިން އޮފީހުން ކޮލަންބޯ ރޫޓުގެ ޓިކެޓް ބުކް ކުރެވޭނެއެވެ.

މޯލްޑިވިއަނުން ބުނީ އެ އެއާލައިނުން ދަތުރުކުރާ ޕަސެންޖަރުންނަށް ނަވަލޯކާ ހޮސްޕިޓަލުން މެޑިކަލް ކޮންސަލްޓޭޝަން، މެޑިކަލް ހިސްޓްރީ އެވެލުއޭޝަން، ބޮޑީމާސް އިންޑެކްސް ޓެސްޓު އަދި ވިޝަން ޓެސްޓު ހެދެން ހުންނާނެ ކަމަށާއި ކްލިނިކަލް ޑައިޓިޝަނަކާ ކޮންސަލްޓު ކުރުމުގެ ފުރުސަތުގެ އިތުރުން ލެބޯޓަރީ ޓެސްޓުތަކުން 15 ޕަސަންޓް ޑިސްކައުންޓް ލިބެން ހުންނާނެ ކަމަށެވެ. އަދި ހެލްތު ސްކްރީނިން ޕެކޭޖުތަކުން ހާއްސަ ޑިސްކައުންޓަކާއެކު 5 އެކްސްރޭއަށް ފަސް ފަސެންޓު ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ