logoEN
cocacola
ލިބުނު ފުރުސަތުތަކުގެ ބޭނުންނުކުރެވި، ޗެލްސީ އެފްއޭކަޕުން ކަޓައިފި

ލިބުނު ފުރުސަތުތަކުގެ ބޭނުންނުކުރެވި، ޗެލްސީ އެފްއޭކަޕުން ކަޓައިފި

ހަސަން ޝަމްއޫން

logo

4/20/2024, 6:53:22 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# އިގިރޭސި އެފްއޭ ކަޕް# ޗެލްސީ# މެންޗެސްޓާރ ސިޓީ

ޗެކްސީގެ ޕަލްމާ ސިޓީގެ ތިން ކުޅުންތެރިން ކައިރިން ބޯޅައާއެކު ދެވޭތޯ މަސައްކަތްކުރަނީ

އިގިރޭސި އެފްއޭކަޕް ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިރޭ އެންމެ ފަހުގެ ޗެންޕިއަން މެންޗެސްޓާ ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު ހުސް ފުރުސަތުތަކުގެ ބޭނުން ނުކުރެވި، 1-0 ގެ ނަތީޖާއަކުން ބަލިވެ ޗެލްސީ މުބާރާތުން ކަޓައިފިއެވެ.

ގޮސިޔާ

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މިހާފުގައި ޗެލްސީގެ ފޯވާޑް ނިކޮލަސް ޖެކްސަންގެ އިތުރުން ކޯލް ޕަލްމާ އަށް ވަނީ ވަރަށް ހުސް ދެފުރުސަތު ލިބި ބޭނުންކުރެވޭގޮތް ނުވެފައެވެ.

މީގެ އިތުރުން މިހާފުގައި މެންޗެސްޓާ ސިޓީގެ އިގިރޭސި ފޯވާޑް ފިލް ފޮޑެން އަށް ވެސް ވަނީ މެޗުގެ ލީޑު ނެގުމަށް ވަރަށް ހުސް ފުރުސަތެއް ލިބި ބޭނުން ނުކުރެވިފައެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ވެސް ދެޓީމުން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މިހާފުގައި ޗެލްސީގެ ފޯވާޑް ނިކޮލަސް ޖެކްސަން ލިބުނު ހުސް ދެ ފުރުސަތުގައި ވެސް ހުރަހަކަށްވީ މެންޗެސްޓާ ސިޓީ ކީޕަރު އޯޓޭގަރ އެވެ.

މެންޗެސްޓާ ސިޓީ މިމެޗުން މޮޅުވި ލަނޑު ދެވަނަ ހާފުގެ 84 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޯޗުގަލް މިޑްފީލްޑަރު ބެނާޑޯ ސިލްވާ އެވެ. މިއީ އެޓީމުގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ޗެލްސީގެ ކީޕަރު ޕެޓްރޮވިޗް ފައިގައިޖެހިފައި ނުކުތް ވަގުތު މުޅި ހުސްކޮށްހުރެ ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އިވެގެންނެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މާދަމާ ރޭ 19:30 ގައި މެންޗެސްޓާ ޔުނައިޓެޑް ނުކުންނާނީ ކޮވެންޓްރީ އާއި ދެކޮޅަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ