logoEN
cocacola
ގެއްލުނު ދޯނި ހޯދުމަށް  ސިފައިންގެ އަސްކަރީ ޑްރޯން ބޭނުންކުރަން ފަށައިފި

ގެއްލުނު ދޯނި ހޯދުމަށް ސިފައިންގެ އަސްކަރީ ޑްރޯން ބޭނުންކުރަން ފަށައިފި

އަހުމަދު ޝުރާއު

logo

4/19/2024, 9:11:22 PM

# އެމްއެންޑީއެފް

މ .ރަތްމަންދޫ ބޭރުން ފަރުމަސް ބާނަން ނުކުތް ޑައިވިން ދޯނި ގެއްލުމާއި ގުޅިގެން އެދޯނި ހޯދުމަށް އެމްއެންޑީއެފް ވައި ބާރުން ޔޫއޭވީ ބޭނުންކުރަން ފަށައިފި އެވެ.

ގޮސިޔާ

ދިވެހި އަސްކަރިއްޔާއިން ބުނީ މ .ރަތްމަންދޫ ބޭރުން ފަރުމަސް ބާނަން ނުކުތް "ފަރިހި 2" ނަމަކަށް ކިޔާ ޑައިވިންގ ދޯންޏެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން، އެ ދޯނި ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން "ފަރިހި 2" ދޯނި ހޯދުމަށް ކޯސްޓްގާޑް ހާބަރކްރާފްޓް 114' 23:20 އިން ފެށިގެން ދޯނި ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު އެމްއެންޑީއެފް ވައި ބާރުން ވަނީ މިހާރު ދޯނި ހޯދުމަށްޓަކައި " ޔޫއޭވީ" އެ ސަރަހައްދަށް އުދުއްސާލައިފައި ކަމަށް ދިވެހި އަސްކަރިއްއާއިން ދާދި ދެންމެ އަކު ވަނީ ހާމަކޮށްފައި އެވެ.

އަސްކަރިއްޔާއިން ބުނާގޮތުގައި ދޯނި ގެއްލިފައިވަނީ ދެ ފަޅުވެރިންނާއި އެކުގައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ