logoEN
cocacola
 މާވަށު ބިން ހިއްކުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި

މާވަށު ބިން ހިއްކުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި

އަހުމަދު ޝުރާއު

logo

4/19/2024, 5:05:09 PM

# ލ މާވަށް# އެމްޓީސީސީ

މާވަށު ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން

ލ މާވަށު ބިން ހިއްކުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ގޮސިޔާ

މިއައު އެރަށުގައި އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.

ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބު އަލްއުސްތާޛު އިސްމާޢީލް ސުޢޫދު އާއި މާވަށު ކައުންސިލްގެ ރައީސް އަޙްމަދު މޫސާ އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މާވަށު ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއި އެވެ. އެމްޓީސީސީއިން ބުނީ އެ މަޝްރޫއުގެ ދަށުން 508,816 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި ސޭން ސާޗް ސަރްވޭ ހެދުން ހިމެނޭ ކަމަށެވެ. އަދި އެ މަޝްރޫއުކީ 61.46 މިލިއަން ރުފިޔާގެ މަޝްރޫއުއެއް ކަމަށް ވެސް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

View post on Twitter

ދާދިފަހުން ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މާވަށަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީމާވަށުގެ ބިން ހިއްކާއިރު ޖުމުލަ 30 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ކުރިން އެރަށުގެ ބިން ހިއްކުމަށް އޮތީ 15 ހެކްޓަރު ކަމުގައިވިޔަސް ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށްގެންގޮސް ނިމޭއިރު ޖުމްލަ 30 ހެކްޓަރުގެ ބިން ހިއްކަވާނެ ކަމަށެވެ. އަދި މާވަށަށް ކުރިމަތިވާ އުދައެރުމުގެ މައްސަލައަށް ވެސް ހައްލެއް ލިބޭގޮތަށް އެ ސަރަހައްދު ހިމާޔަތްކުރައްވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ