މެޗަކުން ބަލިނުވެ 44 މެޗު ހަމަކޮށް، ލޭވަކޫސަން ޔޫރޮޕާ ލީގު ސެމީ ފައިނަލަށް
ހަސަން ޝަމްއޫން
4/19/2024, 11:52:23 AM
ލެވަކޫސަން އާއި ވެސްޓްހަމް ވާދަކުރި މެޗުގެ ތެރެއިިން
ޔުއެފާ ޔޫރޮޕާ ލީގު ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ބުރާސްފަތި ރަށުން ބޭރުގައި ޕްރެމިއާ ލީގުގެ ވެސްޓްހަމް އާއި ދެކޮޅަށް ކުޅުނު މެޗުގެ ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށް މުބާރާތްގެ ސެމީ ފައިނަލުގެ ޖާގައެއް ބަޔާ ލޭވަކޫސަން އިން ހޯދައިފިއެވެ.
މިދެޓީމު ލެވަކޫސަންގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 2-0 ގެ ނަތީޖާއަކުން އެޓީމު ކާމިޔާބުކޮށްފައިވާއިރު، މިނަތީޖާއާއެކު ލެވަކޫސަން އަށް ސެމީގެ ފުރުސަތު ލިބުނީ 3-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ވެސްޓްހަމް އިންނެވެ.
މިލަނޑު ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޖެމެއިކާ ފޯވާޑް އެންޓޯނިއޯ އެވެ. މިއީ އެޓީމުގެ އިގިރޭސި ފޯވާޑް ޖެރޮޑް ބޮވެން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ވެސްޓްހަމް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ބަޔާ ލޭވަކޫސަން އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައިި އެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
ބެޔާން ލެވަކޫސަން އިން މެޗު ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 89 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނެދަލޭންޑްސް ޑިފެންޑަރު ޖެރެމީ ފްރިމްޕޮންގް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ. އަދި މިއީ މިސީޒަނުގައި މެޗަކުން ބަލިނުވެ ލެވަކޫސަން އިން ފުރިހަމަކުރި 44 ވަނަ މެޗެވެ.
މުބާރާތުގެ ސެމީފައިނަލްގައި މެއި މަހުގެ ތިންވަނަ ދުވަހު ރަށުން ބޭރުގައި ލެވަކޫސަން އިން ނުކުންނާނީ އިޓަލީގެ ރޯމާ އާއި ދެކޮޅަށެވެ. އަދި މިދެޓީމު މެދުގައި ކުޅެވޭ ސެމީފައިނަލްގެ ދެވަނަ ލެގު ލެވަކޫސަންގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 10 ވަނަ ދުވަހުގެ ރޭ އެވެ.