logoEN
cocacola
އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ ބޮޑު މަޝްރޫއު ޗައިނާ ކުންފުންޏަށް!

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ ބޮޑު މަޝްރޫއު ޗައިނާ ކުންފުންޏަށް!

އަހުމަދު ޝުރާއު

logo

4/18/2024, 8:09:42 AM

# ފެނަކަ ކޯޕަރޭޝަން

ފެނަކައިގެ އިސްވެރިންނާއި ޑޮންގްފަންގް އިލެކްޓްރިކް އިންޓަރނޭޝަނަލްގެ އިސްވެރިން

އައްޑޫ ސިޓީގެ ހިތަދޫގައި އިންޖީނުގެއެއް ގާއިމްކުރުމަށާއި ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރުމަށް ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފި އެވެ.

ގޮސިޔާ

ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް އެ ސިޓީގެ ހިތަދޫގައި އަލަށް ޤާއިމު ކުރެވޭ 32 މެގަވޯޓުގެ އިންޖީނުގެ ޤާއިމުކުރުމާއި ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރުމަށް ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަނާއިއެކު އެއްބަސްވުމުގައި ސޮައިކޮށްފައިވާ ކަމަށެވެ

މި މަޝްރޫ އަކީ ޑޮންފަންގް އިލެކްޓްރިކްއިން ފައިނޭންސްކުރާ މަޝްރޫއެކެވެ. އަދި ފެނަކައިން ފައިސާ ދައްކާ ނިންމަން ކަނޑައަޅާފައި ވަނީ 12 އަހަރެވެ.

View post on Twitter

ފެނަކަ އިން ބުނީ މަޝްރޫއު ފޭސްތަކަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިރު، ފުރަތަމަ ފޭހުއި އިންސްޓޯލް ކުރާނީ 9.8 މެގަވޮޓްގެ ގެ ދެ ޖެނަރޭޓަރު ސެޓާއި 5.8 މެގަވޮޓްގެ ގެ ދެ ޖެން ސެޓް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން އައު އިންޖީނުގެ ނިންމާ ކުރިއަށް އޮތް 20 އަހަރަށް އެކަށީގެންވާ މިންވަރަށް ބޭނުންވާ ޖެނެރޭޝަން ކެޕޭސިޓީ އިތުރު ކުރެވިގެންދާނެ ކަމަށާއި މިމަޝްރޫޢުގެ އަމަލީ މަސައްކަތް ދޮޅު އަހަރުގެ ތެރޭގައި ނިމި ހިދުމަތް ދެވެން ފަށާނެ ކަމަށްވެސް ފެނަކައިން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ