logoEN
cocacola
ސްޓެލްކޯގެ އެހީތެރިކަމާއި އެކު މައްސަލަ ހައްލުކޮށް ކުޅުދުއްފުއްޓަށް ކަރަންޓު ދީފި

ސްޓެލްކޯގެ އެހީތެރިކަމާއި އެކު މައްސަލަ ހައްލުކޮށް ކުޅުދުއްފުއްޓަށް ކަރަންޓު ދީފި

އަހުމަދު ޝުރާއު

logo

4/15/2024, 4:22:39 PM

# ފެނަކަ ކޯޕަރޭޝަން

ކުޅުދުއްފުށީ އިންޖީނުގެ

ކުޅުއްދުއްފުއްޓަށް ކަރަންޓު ދެމުން އަންނަ ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އެނދުމުގެ ސަބަބުން އެރަށުން ކަރަންޓު ކެނޑުމާއިއެކު މައްސަލަ ހައްލުކޮށް މުޅި ރަށަށް މިހާރު އެއްކޮށް ކަރަންޓު ދީފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ގޮސިޔާ

ފެނަކަ ކޯޕަރޭޝަނުން ބުނީ މިއަދު ހެނދުނު ހދ.ކުޅުދުއްފުށީގައި ހިންގަމުންއައި ހަތް ޖަނަރޭޓަރުގެ ތެރެއިން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލްމޮޑިއުލް އަނދައި މުޅިރަށުން ކަރަންޓު ކެޑުނު މައްސަލަ ހައްލުކޮށް މިރޭ 8:10 ގައި ވަނީ މުޅިރަށަށް ކަރަންޓު ދެވިފައިވާ ކަމަށެވެ.

ހދ.ކުޅުދުއްފުށި ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދައި މުޅި ރަށުން ކަރަންޓު ކެނޑުނީ މިއަދު ހެނދުނު 9:15 ހާއިރު އެވެ.

މިއާއި އެކު ފެނަކަ ކޯޕަރޭޝަންގެ ޓެކްނީޝަނުން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ވަގުތުން ފެށިއެވެ. އަދި އެކަމުގައި ފެނަކައަށް އެހީވުމަށް ސްޓެލްކޯގެ ޓެކްނީޝަނުންގެ ޓީމެއް ވަނީ އެރަށަށް މިއަދު ހަވީރު ގޮސްފައި އެވެ.

ފެނަކަ ކޯޕަރޭޝަނުން މިރޭ ބުނީ މިއަދު ދިމާވިމައްސަލައާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެެވެ.

އެރަށުގެ ނޫހެއް ކަމަށްވާ ކުޅުދުއްފުށީ އޮންލައިނުން ބުނާގޮތުގައި ކަރަންޓް މެދުކެނޑޭތާ ދެ މަހަށްވާން އުޅެނިކޮށް އިއްޔެ އާ އިންޖީނެއް ބަހައްޓާ މައްސަލަ ހައްލުކުރިނަމަވެސް އިއްުޔެ މެންދުރުގެ ވަގުތުގައި އިންޖީނުގޭގެ ކޭބަލެއްގައި ރޯވެ މުޅި ރަށުން އަނެއްކާވެސް ކަރަންޓު ކެނޑުނެވެ. އަދި އެމައްސަލަވެސް ހައްލުކުރަމުން ގޮސް މުޅި ރަށަށް ކަރަންޓު ދެވުނުތާ އެއްދުވަސްވެސް ނުވަނީސް މިއަދު ހެނދުނު ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދައި މުޅި ރަށުން އަނެއްކާވެސް ކަރަންޓު ކެނޑުނު ކަމަށް ވަނީ ރިޕޯޓްކޮށްފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ