logoEN
cocacola
ސްމާޓް މީޓަރާއެކު ކަރަންޓް ބިލު ކުޑަކުރެވޭނެ - މުއާޒު

ސްމާޓް މީޓަރާއެކު ކަރަންޓް ބިލު ކުޑަކުރެވޭނެ - މުއާޒު

އަލްފާ އަލީ

logo

4/28/2024, 11:01:33 AM

# މުއާޒް މުޙައްމަރު ރަޝީދު# ފެނަކަ ކޯޕަރޭޝަން

--

ސްމާޓް މީޓަރާއެކު ކަރަންޓުބިލް ކުޑަކުރެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މުއާޒް ވިދާޅުވީ, ގޭބީސީތަކުގެ ކަރަންޓް ބިލް ބޮޑުވަނީ, ކަރަންޓު ބޭނުންކުރެވޭ މިންވަރު އިތުރުވާތީ ކަމަށާއި, އެ މައްސަލައަށް ހައްލެއް ގެނެސްދިނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ގޭބީސީތަކުގެ ކަރަންޓް ބިލް ކުޑަކުރުމަށް އެހީތެރިވުމުގެ ގޮތުން އެ ކުންފުނިން މިހާރު ސްމާރޓް މީޓަރ ތައާރަފްކުރުމުގެ ޕްރޮޖެކްޓެއް ފަށައިގެން ކުރިއަށްދާކަމަށެވެ. އަދި ސްމާޓް މީޓަރާއެކު ކޮންމެ ދުވަހަކުވެސް ކަރަންޓް ހޭދަކުރެވޭ މިންވަރު އެނގި، ބިލް ކުޑަކުރުމަށް އެހީވެދޭނެކަމަށް މުއާޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ފެނަކައިގެ ފަރާތުން މިހާރު ސްމާރޓް މީޓަރ ޕްރޮޖެކްޓެއް ފަށައިގެން މިއުޅެނީ. މާނައަކީ ކޮންމެ ދުވަހަކު އެގެއިން ކޮންސިއުމް ކުރެވޭ ޔުނިޓްތަކުގެ އަދަދު އެއިރަށް ވަގުތުން ބެލެން ހުންނާނެ. މާނައަކީ މާދަމާ ނިމޭއިރުގައި މިހާރު ބިލަށް އަރާފައޮތް ވަރު އިނގޭނެއޭ. އެއިރަށް އިނގޭނެ އިތުރަށް ކޮންސިއުމް ކުރަން ނޫނިއްޔާ އިތުރަށް އިކޮނޮމައިޒްކުރަން މަގުފަހިވެގެންދާނެ" - މުއާޒު ވިދާޅުވި އެވެ.

ސްމާރޓް މީޓަރ ޕްރޮޖެކްޓް އެންމެ ފުރަތަމަ ފަށާނީ ދ.ކުޑަހުވަދޫގައި ކަމަށާއި, އެރަށުގައި މިހާރު މި ޕްރޮޖެކްޓް ފެށުމަށް ތައްޔާރުވެފައިވާކަމަށް މުއާޒު ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ، ރަމަޟާންމަހު ކަރަންޓް ބިލަށް ޑިސްކައުންޓް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމާއި އެއްގޮތަށް ފެނަކައިން 25 މިލިއަން ރުފިޔާގެ ޑިސްކައުންޓް ގޭބީސީތަކަށް ދީފައިވާކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ