
މުހައްމަދު ޝަރަފުއްދީން
ކުރިޔަށް އޮތް ރައްޔިތުންެގެ މަޖިލީހުގެ އިންތިހާބުބައި ފުވައްމުލަކު އުތުރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ މުހައްމަދު ޝަރަފުއްދީންއަށް ތާއީދުކުރަން އިދިކޮޅު މައި ޕާޓީ, އެމްޑީޕީއިން ނިންމައިފި އެވެ.

އެމްޑީޕީއިން މިއަދު ކުރި އިއުލާނެއްގައި ބުނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި މިޕާޓީއިން ވާދަނުކުރާ ދާއިރާއެއްކަމަށްވާ ފުވައްމުލަކު އުތުރު ދާއިރާއަށް ކުރިމަތިލާފައިވާ މުޙައްމަދު ޝަރަފުއްދީން، ދަނޑިމަގު. އަނޯނާގެ / ޏ. ފުވައްމުލަކު (ކެންޑިޑޭޓް ނަންބަރު 2) އަށް ތާއީދުކުރަން އެޕާޓީއިން ނިންމާފައިވާ ކަމަށެވެ.
މުހައްމަދު ޝަރަފުއްދީންއަކީ ރައީސް ޔާމީން އިސްވެ އުފެއްދެވި ޕީއެންއެފްގެ ފަރާތުން އެދާއިރާއަށް ނެރުނު ކެނޑިޑޭޓެކެވެ. މަޖިލިސް އިންތިހާބަށް ނަން ހުށަހެޅުމުގެ ސުންގަޑި ހަމަވި އިރު ޕީއެންއެފް ރަޖިސްޓްރީވެފައި ނުވާތީ އެޕާޓީގެ ފަރާތުން މި އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުން ވާދަކުރަނީ މިނިވަން ކެނޑިޑޭޓުންގެ ގޮތުގައި އެވެ.
އެމްޑީޕީއިން ވަނީ ، ފުވައްމުލަކު އުތުރު ދާއިރާގެ އެޕާޓީގެ މެންބަރުންނާއި ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން މުޙައްމަދު ޝަރަފުއްދީން، ކެންޑިޑޭޓް ނަންބަރު 2 އަށް ތާއީދުކޮށް ވޯޓުދެއްވުމަށް އެދިފައި އެވެ.
ގުޅުންހުރި

ކައުންސިލްތަކަށް އެހީތެރިވާން އެމްޑީޕީން "އައިއެލްސީ-ޕީޑީއޯ" އޮފީސް ޤާއިމުކޮށް، ޑީޖީއަކަށް ޢަމީރު އައްޔަންކޮށްފި

ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކާއެކު އެމްޑީޕީން ޙައްލަކަށް ގޮވާލަނީ!

ޕީޖީ ލީޑަރު ނާޒިލް ހިމެނޭހެން އެމްޑީޕީގެ 9 މެންބަރެއްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި




