logoEN
cocacola
ހުޅުމާލޭގައި 2 މިސްކިތް ބިނާކުރަން ބިން ހަވާލުކޮށްފި

ހުޅުމާލޭގައި 2 މިސްކިތް ބިނާކުރަން ބިން ހަވާލުކޮށްފި

އަލްފާ އަލީ

logo

4/15/2024, 10:56:51 AM

# އިސްލާމިކް މިނިސްޓްރީ# ހުޅުމާލެ 2# އެޗްޑީސީ# ހުޅުމާލެ 3# މިސްކިތް

--

ހުޅުމާލޭގައި 2 މިސްކިތް ބިނާކުރުމަށް ބޭނުންވާ ބިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ހަވާލުކޮށްފިއެވެ.

ގޮސިޔާ

މިސްކިތް ބިނާކުރުމަށް ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ.

އެޗްޑީސީން ބިން ދޫކޮށްފައިވަނީ ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި މިސްކިތެއް ބިނާކުރުމަށާއި ހުޅުމާލެ 3 ވަނަ ފިޔަވަހީގައި މިސްކިތެއް ބިނާ ކުރުމަށެވެ. މިސްކިތް ބިނާކުރުމަށް ހުޅުމާލޭ 2 ވަނަ ފިޔަވަހިން ދޫކުރީ 27،920 އަކަފޫޓުގެ ބިމެކެވެ. އަދި ހުޅުމާލޭ 3 ވަނަ ފިޔަވަހިން ދޫކުރީ 21،952 އަކަފޫޓުގެ ބިމެކެވެ.

ހުޅުމާލެ ފޭސް 2ގައި ދާއިމީ މިސްކިތެއް މިދިޔަ މަރޗްމަހުގެ ތެރޭގައިވަނީ ހުޅުވާފައެވެ. މީގެ އިތުރުންވެސް އިތުރު މިސްކިތްތަކެއް ބިނާކުރުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރެވެމުންނެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރަން ބޭނުންވާ ފަރާތްތަކާއި ވަގުފް އިމާރާތްތައް އަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އިސްލާމިކް ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ. މިސްކިތް ބިނާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެކަކު، ނުވަތަ ގިނަ ބަޔަކު ވެގެން މިސްކިތެއް އަޅަން ބޭނުން ނަމަ ބިން ހަމަޖައްސައި ދިނުނާއި އެނޫން އިދާރީ ފަސޭހަތައް ހަމަޖައްސައިދޭނެ ކަމަށް އިސްލާމީކަންތައްތަކާބެހޭ ވަޒީރު ވަނީ ވިދާޅުފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ