
އދ. މަހިބަދޫ --
އދ. މާފަރުފަޅަކީ މަހިބަދޫގެ ބައެއް ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވާ މިއަދު އާންމު ކުރެއްވި ގަރާރުގަައި ބުނެފައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން މާފަރުފަޅަކީ މަހިބަދޫގެ ބައެއް ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.
މަހިބަދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވެހި ކަމުގެ މައްސަލައަށް ހައްލު ގެނައުމަށް އެ ރަށުގެ ބިން އިތުރުކުރުމަށްޓަކައި މާފަރުފަޅު، މަހިބަދޫގެ އިހްތިސާސް ތެރޭގައި ހިމަނައި ހައުސިން މަޝްރޫތައް ހިންގުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.
ރައީސް އިއްޔެ ވަނީ ނ. މާފަރު ފަޅުގެ ތެރޭ ހިމެނޭ ކަނޑިންމާހުރާއާއި ފަރުމުލި އަލުން މާފަރުގެ އިހްތިޞާސްގެ ތެރޭގައި ހިމަނުއްވާފަ އެވެ.






