
މަހިބަދޫގައި އަންހެނުންގެ ލީޑާޝިޕް ޕްރޮގްރާމް ފަށައިފި
# އދ. މަހިބަދޫ# މިނިސްޓްރީ އޮފް ހެލްތް ފެމިލީ އެންޑް ވެލްފެއާ# އަންހެނުން ބާރުވެރިކުރުވުންމަހިބަދޫގައި ކުރިއަށްގެންދާ އަންހެނުންގެ ލީޑާޝިފް ޕްރޮގްރާމްގެ ތެރެއިން- ފޮޓޯ: އިޖުތިމާއީ އެހީއާބެހޭ ކޮމެޓީ
އދ. މަހިބަދޫގައި "އަންހެނުންގެ ލީޑާޝިޕް ޕްރޮގްރާމް" ފަށައިފި އެވެ.

މި މަހުގެ 21 އިން 23 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ މި ޕްރޮގްރާމްއަކީ އަންހެނުންނަކީ ލީޑާޝިޕް އަދި ސިޔާސީ ދާއިރާތަކުގައި ހަރަކާތްތެރިވާ ބަޔަކަށް ހެދުމަށާއި، ގައުމީ ތަރައްގީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ބޭނުންވާ ހުނަރާއި އިތުބާރު ގާއިމުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ރާއްޖޭގައި ލީޑާޝިޕް ތަމްރީނު ޕްރޮގްރާމްތައް ހިންގައިގެން، އިސް މަގާމުތަކުގައި އަންހެނުންގެ އިތުރުކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގަންނަވާފައިވާ ވައުދުފުޅުގެ ދަށުން މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އިން ކުރިއަށްގެންދާ ޕްރޮގްރާމް އެކެވެ.
މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް ލީޑާޝިޕްގެ އަސާސްތަކާއި، ގަވާނަންސް، ލާމަރުކަޒީ ނިޒާމު، ޖެންޑާ އިކުއަލިޓީ، އަންހެނުން ބާރުވެރިކުރުވުން، ސިޔާސީ ލީޑާޝިޕް އަދި ނެގޯޝިއޭޝަން ހުނަރުތަކާ ގުޅޭ ސެޝަންތައް ކުރިއަށްދާނެކަމަށެވެ.މީގެ އިތުރުން، އިސްލާމީ ތާރީހުގައި ފާހަގަކޮށްލެވޭ އަންހެން ލީޑަރުންގެ ހިދުމަތްތަކާއި، މުޖުތަމައުގައި އަންހެނުންގެ ދައުރަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވޭނެކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ އަންހެނުންނަށް ނިންމުންތައް ނިންމާ ފެންވަރުގަ އާއި، ގައުމީ ކުރިއެރުމުގައި މާނަހުރި ދައުރެއް އަދާކުރުމަށް ހިތްވަރު ދިނުމަށް ކަމަށެވެ.އަންހެނުންގެ ލީޑާޝިޕް ތަމްރީނު ޕްރޮގްރާމަކީ އަންހެނުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ، ގައުމަށް ބޭނުންތެރި އަންހެން ލީޑަރުންގެ އާ ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގާ ޕްރޮގްރާމެކެވެ.އދ. މަހިބަދޫގައި ފަށާފައިވާ މި ޕްރޮގްރާމަކީ މި ސިލްސިލާގެ ދަށުން ހިންގޭ ހަތަރު ވަނަ ޕްރޮގްރާމެވެ. މީގެ ކުރިން ހއ. ދިއްދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވާކަން މިނިސްޓްރީން ބުންޏެވެ.
ގުޅުންހުރި

މަހިބަދޫގައި އަންހެނުންގެ ލީޑާޝިޕް ޕްރޮގްރާމް ފަށައިފި

އެޗްޑީސީގެ "ވިލުންވެރި ކަނބަލުން" ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މަހިބަދޫ މަގުތައް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފަށައިފި




