![މިރޭގެ މެޗަކީ ކެރިއަރުގެ އެންމެ މުހިންމު މެޗު : ޕެޑްރީ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F4%2FIMG_20240416_094546.jpg&w=3840&q=75)
މިރޭގެ މެޗަކީ ކެރިއަރުގެ އެންމެ މުހިންމު މެޗު : ޕެޑްރީ
# ޔުއެފާ ޗެމްޕިއަންސްލީގު# ޕީއެސްޖީ# ބާސެލޯނާޕެޑްރީ (ކ) ބާސެލޯނާގެ ޕްރެކްޓިހުގައި
ޔުއެފާ ޗެމްޕިއަންސްލީގު ކުއާޓާ ފައިނަލް ދެވަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި ޕީއެސްޖީ އާއި ދެކޮޅަށް ކުޅޭ މެޗަކީ ކެރިއަރުގެ އެންމެ މުހިންމު މެޗު ކަމުގައި ބާސެލޯނާގެ ޒުވާން މިޑްފީލްޑަރު ޕެޑްރީ ބުނެފިއެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
މިދެޓީމު ޕީއެސްޖީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 2-3 ގެ ނަތީޖާއަކުން ބާސެލޯނާ އިން ކާމިޔާބުކޮށްފައިވާއިރު، މިމެޗު އެއްވަރުކޮށްލައިގެން ވެސް މުބާރާތްގެ ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު އެޓީމަށް އެބައޮތެވެ.
މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަނީ ޕެޑްރީ ބުނީ ބާސެލޯނާ އަށް ކުޅުމަކީ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެއް ކަމަށާއި ސަޕޯޓަރުންގެ އެހީތެރިކަމާއެކު ބާސެލޯނާއަށް ކާމިޔާބު ހޯދޭނެކަމަށެވެ. ޓީމު އޮތީ ވަރަށް ރަނގަޅަށް މެޗަށް ތައްޔާރުވެފައި އަދި ސެމީ ފައިނަލާއި މެދުގައި އިތުބާރު އެބައޮތްކަމަށެވެ.
ޗެންޕިްއަންސް ލީގް ސެމީ ފައިނަލުގައި ބާސެލޯނާ އެންމެ ފަހުން ކުޅެފައިވަނީ 2018/19 ވަނަ ސީޒަނުގައެވެ. އެފަހަރު ސެމީ ފައިނަލުގައި ލިވަޕޫލު އަތުން ބަލިވެ އެޓީމު ކެޓީ 4-3 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. އަދި މިދެޓީމު އެންމެ ފަހުން ޗެންޕިްއަންސް ލީގުގައި ވާދަކޮށްފައި ވަނީ 2021 ވަނަ އަހަރުގެ މުބާރާތުގެ ދެވަނަ ބުރުގައެވެ. އަދި 5-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ މުބާރާތުގެ ކުއާޓާ ފައިނަލުން އެފަހަރު ޖާގަ ހޯދީ ޕީއެސްޖީ އެވެ.