logoEN
PNC TOP 3
  އަލިފުށީ މަގު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

އަލިފުށީ މަގު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

އަހުމަދު ޝުރާއު

logo

4/15/2024, 3:44:08 PM

# އާރްޑީސީ# ރ އަލިފުށީ

އަލިފުށީ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން

ރ. އަލިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

PNC MID 2

މިއަދު ހަވީރު އަލިފުށީގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު އެވެ. މި ރަސްމިއްޔާތުގައި މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓ) އަލީ ޒުހައިރު އާއި ކުންފުނީގެ އިސް ބޭފުޅުންގެ އިތުރުން ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

އަލިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި ސޮއި ކުރެވުނީ 2023 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 16 ވަނަ ދުވަހު އެވެ. މި މަޝްރޫޢު އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 90,956,112.97 ދިވެހި ރުފިޔާ އަށެވެ.

ރ. އަލިފުށީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން 7 މަގެއްގެ މަސައްކަތް ކުރެވޭނެ ކަމަށް އާރްޑީސީއިން ބުނެއެވެ. އެއީ ޖުމްލަ 3819.4 މީޓަރުގެ މަގެވެ.

އާރްޑީސީއިން މައުލޫމާތު ދޭގޮތުގައި ރ. އަލިފުށީގެ މަގުތައްވެސް ތަރައްޤީ ކުރެވިގެންދާނީ ސްޓޯރމް ވޯޓަރ ނެޓްވޯކާއި ފެން ހިއްކުމަށް ގަޓަރުތައް ހެދުމާއި ފެނާއި ނަރުދަމާ ހިމެނޭހެން ޔުޓިލިޓީ ލައިންތަކަށް ބޭނުންވާ ޖަންކްޝަންތައް ބެހެއްޓުމާއި ތާރު އެޅުމުގެ އިތުރުން މަގު ބައްތި ޖެހުމާއި ސްޕީޑް ބްރޭކަރާއި ރޯޑް ސައިން ބޯޑު ހަރުކުރުން ފަދަ މަސައްކަތް ކުރެވިގެންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC