logoEN
PNC TOP 3
އަލިފުށީ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތް ފަށައިފި

އަލިފުށީ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތް ފަށައިފި

# އެމްޓީސީސީ# ރ އަލިފުށީ

އަލިފުށީ ހޮސްޕިޓަލް މަސައްކަތް ކުރުމުގެ ތެރެއިން- ފޮޓޯ: އެމްޓީސީސީ

ރ.އަލިފުށީ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

PNC MID 2

މި މަސައްކަތްކުރާ މޯލްޑިވްސް ޓްރާންސްޕޯޓް، ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އަލިފުށީ ހޮސްޕިޓަލް އިމާރާތުގެ މަސައްކަތުގެ ފައުންޑޭޝަން މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ.

އަލިފުށީގައި ތަރައްޤީކުރަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. މިއީ 128 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

View post on Twitter

އަލިފުށީ ހޮސްޕިޓަލްގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ނ.މަނަދޫ އަދި މ.މުލީ ހޮސްޕިޓަލްގެ މަސައްކަތާއެކުގަ އެވެ.

ހެލްތް މިނިސްޓްރީން ބުނީ މި 3 ރަށުގައި އާ ހޮސްޕިޓަލް އިމާރާތްތައް ގާއިމުކޮށް ހިދުމަތްދޭން ފެށުމާއެކު، މިހާރު މި ރަށްރަށުގެ ހިދުމަތްދޭ މަރުކަޒުތަކުގެ ޖާގައިގެ ދަތިކަން ހައްލުވެ، އެތަންތަން ގިންތިކޮށްފައިވާ މިންވަރަށް ތަނުން ފޯރުކޮށްދޭންޖެހޭ އެންމެހާ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ. އަދި ރަށުންނާއި ރަށާއި ކައިރި އާބާދީތަކުގެ ރައްޔިތުންނަށްވެސް ހިދުމަތް ލިބިގަތުމުގައި ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC