
-
ތިން ރަށެއްގެ މަގުތަައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން، އާރްޑީސީއާއި ހަވާލުކޮށްފި އެވެ.

ސަރުކާރުން އާރްޑީސީއާއި ހަވާލުކޮށްފައިވަނީ ހއ އުލިގަން، ރ މާކުރަތު އަދި ގއ ވިލިނގިލީގެ މަގުތައް ހެދުމުގެ 3 ވަނަ ފޭސްގެ މަސައްކަތެވެ.
މި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް އިއްޔެ ބޭއްވުނު ރަސްމިއްޔާތުގައި މި އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އިސްމާޢިލް ޙަމީދެވެ. އަދި އާރ.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޡީމްއެވެ.
މި މަޝްރޫއުތަކުގެ ދަށުން މަގުތައް ތަރައްޤީކުރާނީ ޒަމާނީ ފެން ހިންދާ ނިޒާމަކާއިއެކުގައި ކަމަށް ސަރުކާރުން ހާމަކުރެއެވެ. އަދި ޒަމާނީ ފެންވަރަށް މަގުތަކުގައި ތާރުވެސް އެޅުމަށް ނިންމާފައިވާއިރު މި މަޝްރޫއުތައް ނިމިގެން ދިޔުމާއިއެކު އެރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަން ސަރުކާރުން ހާމަކުރެއެވެ.
ގުޅުންހުރި

ތިނަދޫ ސިޓީގެ މަގުތައް ހެދުމުގެ ތިން ވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފި

ރާއްޖެއަށް ބޭނުންވާ ހެވީ މެޝިނަރީތައް ހޯދުމަށް ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ހެވީ މެޝިނަރީ އުފައްދާ ކުންފުންޏާއިއެކު އެއްބަސްވުމެއް!

ތިން ރަށެއްގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން އާރްޑީސީއަށް!




