
-
އދ. މާމިގިލީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެ ރަށުގައި ހަދަމުންދާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތުގެ ދަށުން 300 މީޓަރަށް ތާރު އަޅައިފި އެވެ.

މާމިގިލީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ތާރު އެޅުމުގެ މަސައްކަތް އަމަލީ ގޮތުން ފައްޓަވައިދެއްވީ އިއްޔެ އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަރިހުގައި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމްގެ އިތުރުން މާމިގިލީ ކައުންސިލްގެ ރައީސް އިމާދް ފާރޫޤް ބައިވެރިވެވަޑައިގެންނެވިއެވެ.
ސަރުކާރުން މި މަޝްރޫއު ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން، އާރްޑީސީއާއިއެވެ.
އާރުޑީސީއިން މަޢުލޫމާތު ދޭ ގޮތުގައި މަގުތައް ހަދާ ނިމޭއިރު ފަސޭހައިން ފެން ހިނދިގެންދާނެއެވެ. އެގޮތުން ފެންބޮޑުވެއްޖެނަމަ ފެން ހިންދުމަށް ސްޓޯމް ވޯޓަރ ސިސްޓަމާއި، ޕަމްޕް ސްޓޭޝަން އެރަށުގައި ބަހައްޓާނެކަމަށްވެސް އާރުޑީސީއިން ބުނެއެވެ.
މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން ޖުމްލަ 80 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.
ގުޅުންހުރި

މާމިގިލީ މަގު ހެދުން: 300 މީޓަރަށް ތާރު އަޅައިފި

ނުކުޅެދުންތެރިކަން ހުންނަ 4 ފަރާތަކަށް އާރްޑީސީއިން ވަޒީފާގެ ފުރުސަތު ފަހިކޮށްދީފި

ހިންނަވަރުގައި އެމްއެންޔޫގެ ކެމްޕަހަކާއި ދަނާލެއް ތަރައްޤީކުރުމަށް އާރްޑީސީއަށް!





