
---
ފޯނެއް ވަގަށް ނަގާފައިވާ މައްސަލައެއްގައި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ވީޑިއޯއެއް އާއްމުކުރުމަށްފަހު ފުލުހުން ވިދާޅުވީ, އެ ވީޑިއޯއިން ފެންނަ މީހާއަކީ ގަލޮޅު ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ، 2024 މާރިޗު 18 ވަނަ ދުވަހުގެ ވަގުތެއްގައި މަޖީދީ މަގުގައި ހުންނަ ބަންކާ މޯބައިލް ފިހާރައިން މޯބައިލް ފޯނެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ހޯދަންބޭނުންވެ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށެވެ.
ވީޑިއޯއިން ފެންނަ މީހާ އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9631699 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.
ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލަތަކުގައި ކާކުކަން ދެނެނުގަނެވޭ މީހުން ހޯދުމަށް އަބަދުވެސް އާއްމުންގެ އެހީތެރިކަމަށް އެދެއެވެ. އަދި މިފަދަ މައްސަލަތަކުގައި އާއްމުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރުއަދާކޮށްފައެވެ.
ގުޅުންހުރި

މާރާމާރީއެއް ރާވާކަމުގެ ތުހުމަތުގައި 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ސީޕީ އެދިވަޑައިގަތީ ފުލުހުންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަން އެގޮތުގައި ދެމެހެއްޓުމަށް

ކަނޑަށް ވެއްޓުނު ކޮންޓޭނަރުތަކުގެ ތެރެއިން 2 ކޮންޓެއިނަރު ފެނިއްޖެ




