logoEN
cocacola
ސަލްމާން ޚާން ދިރިއުޅޭ އެޕާޓްމެންޓު ކޮމްޕްލެކްސްއަށް ބަޔަކު ބަޑިން ހަމަލާދީފި

ސަލްމާން ޚާން ދިރިއުޅޭ އެޕާޓްމެންޓު ކޮމްޕްލެކްސްއަށް ބަޔަކު ބަޑިން ހަމަލާދީފި

އަހުމަދު ޝުރާއު

logo

4/14/2024, 12:39:41 PM

# ބޮލީވުޑް

ސަލްމާންގެ ގޭގެ ބޭރު ފާރަށް ވަޒަން އަރާފައި

ބޮލީވުޑުގެ މަޝްހޫރު ފިލްމީ ތަރި ސަލްމާން ޚާން ދިރިއުޅޭ އެޕާޓްމެންޓު ކޮމްޕްލެކްސްއަށް ބަޔަކު ބަޑިން ހަމަލާދީފި އެވެ.

ގޮސިޔާ

މުމްބާއީ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާންގެ ބަންދްރާ ގައި ހުންނަ އެޕާޓްމެންޓް ކޮމްޕެލެކްސްއަށް އަމާޒުކޮށް މިއަދު ފަތިހު ހަތިޔާރު އެޅި ދެ މީހަކު ބަޑި ޖަހާފައިވާ ކަމަށެވެ. އެގޮތުން ހަތަރު ފަހަރަށް ބަޑި ޖަހާފައިވާއިރު ބައެއް ވަޒަންތައް އެ އިމާރާތުގެ ބޭރު ފާރުން ފެނިފައިވާ ކަމަށް މުމްބާއީ ފުލުހުން ވަނީ ބުނެފައި އެވެ.

ހަމަލާދިން މީހުން ހަމަލާދީފައިވަނީ ސައިކަލެއްގައި އައިސް ކަމަށްވެސް ފުލުހުން ވަނީ ބުނެފައި އެވެ.

މިހާދިސާ ހިނގި މިއަދު ފަތިހު 4:51 އެހާކަންހާއިރު ކަމަށާއި ބަޑީގެ ހަމަލާ ދިން އިރު ސަލްމާން ޚާން ހުރީ އެ އެއެޕާޓްމެންޓުގައި ހުރި ކަންވެސް ފުލުހުން ވަނީ ކަށަވަރުކޮށްދީފައި އެވެ.

ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ދެމީހުން ހޯދުމުގެ މަސައްކަތް މުމްބާއީ ފުލުހުންގެ ޚާއްސަ ޓާސްކްފޯސްއަކުން ކުރަމުން އަންނަ އިރު އެއެޕާޓްމެންޓް ކޮމްޕްލެކްސް ގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައި އެވެ.

ސަލްލާމްއަކީ އިންޑިއާގެ އަންޑަވޯލްޑް ގޭންގުތަކުން އަބަދުވެސް ފާރަލަމުން އަންނަ ސްޓާރެކެވެ. އެގޮތުން ސަލްމާއަށް ހުއްޓުމެއް ނެތި އެތައް އިންޒާރުތަކުން ދަނީ ލިބެމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ