
އީރާނާ ދެކޮޅަށް ހަމަލާދިނުމަށް އެމެރިކާއިން ބައިވެރިނުވާނެ ކަމަށް ބައިޑަން ބުނެފި
# އިސްރާއިލް# އެމެރިކާ# އީރާންއެމެރިކާގެ ރައީސް ޖޯ ބައިޑަން
އީރާނާ ދެކޮޅަށް ހަމަލާދިނުމަށް އެމެރިކާއިން ބައިވެރިނުވާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ބުނެފިއެވެ.

ބައިޑަން މިހެން ބުނެފައިވަނީ ޔަހޫދީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފޯނުން ގުޅައި ދެއްކި ވާހަކަތަކުގައެވެ. ބައިޑަން އެފަދައިން ބުނެފައިވާ ކަން ވައިޓް ހައުސް އިން ވަނީ ކަށަވަރުކޮށްދީފައެވެ.
ވައިޓް ހައުސްގެ އޮފިޝަލް ވިދާޅުވި ގޮތުގައި ޖޯ ބައިޑަން ވަނީ އިސްރާއީލާއި އެމެރިކާ އަދި ސަރަހައްދުގެ އެހެން ގައުމުތަކުން ގުޅިގެން އެޅި ދިފާއީ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ ހަމަލާ ފަހަތަށް ޖެއްސުމަށް މަގުފަހިވި ކަން ފާހަގަކޮށްފައެވެ.
އޮފިޝަލް ވިދާޅުވީ އީރާނާ ދެކޮޅަށް އެމެރިކާއިން އެއްވެސް ހަރުކަށި އޮޕަރޭޝަނެއް ނުކުރާނެ ކަމަށާއި އެފަދަ އޮޕަރޭޝަންތަކަށް ތާއީދު ނުކުރާނެ ކަމަށް ބައިޑަން ނަތަންޔާހޫއަށް ދެންނެވުމުން ނަތަންޔާހޫ ވަނީ އެކަމަށް އެއްބަސްވެފައި ކަމަށެވެ.
އީރާނުން ވަނީ ރޭގެ ވަގުތެއްގައި އިސްރާއީލަށް ހަމަލާދިނުމަށް 300 އަށްވުރެ ގިނަ މިސައިލާއި ޑްރޯން ފޮނުވާފައެވެ. އޭގެ ތެރެއިން 99 އިންސައްތަ ހަމަލާތައް ހުއްޓުވާފައިވާ ކަމަށް އިސްރާއީލުން ބުނެއެވެ.
ގުޅުންހުރި

ރަޝިޔާއަށް އައި ބާރުގަދަ ބިންހެލުމާއިއެކު އެފެދުނު ސުނާމީގެ ރާޅުތައް އެމެރިކާގެ ގިނަ ސަރަހައްދުތަކަކަށް އަރަން ފަށައިފި

މިއީ ސުލްހަމަސަލަސްކަން ގާއިމްކުރަންވި ވަގުތު - ޓްރަމްޕު

އުދީދު ބޭސްއަށް ދިން ހަމަލާގެ ބަދަލުހިފުމަށް އިރާނަށް ހަމަލާދިނުމުގެ ވިސްނުމެއް ޓްރަމްޕު ނުގެންގުޅޭ - ނިއުޔޯކްޓައިމްސް
