logoEN
cocacola
އީރާނުން އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދީފި

އީރާނުން އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދީފި

އައިޝަތު އިފާޝާ

logo

4/14/2024, 6:53:31 AM

# އެމެރިކާ# އިސްރާއިލް# އީރާން

.

އީރާނުން މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފިއެވެ.

ގޮސިޔާ

އީރާނުގެ އަސްކަރީ އޮޕަރޭޝަނާއި ގުޅިގެން އިސްރާއީލުން ރައްދު ދީފި ނަމަ ދެން އީރާނުން އިސްރާއީލަށް ދޭ ހަމަލާތައް މާ ބޮޑު ވާނެ ކަމަށް އީރާނުގެ ޖޮއިންޓް ޗީފް އޮފް ސްޓާފް މުހައްމަދު ބަގެރީ ވަނީ ވިދާޅުވެފައެވެ. އޭނާއާ ހަވާލާދީ އީރާނުގެ ނޫހަކުން ބުނެފައިވަނީ ރޭގެ ހަމަލާ ދޭން ޖެހުނީ އިސްރާއީލުން އީރާނުގެ ރަތް ރޮނހގު ހުރަސްކޮށްފައިވާތީ ކަމަށެެވެ.

ބަގޭރީ އިތުރަށް ވިދާޅުވީ އީރާނުން ސްވިޒަލޭންޑްގެ އެމްބަސީ މެދުވެރިކޮށް އެމެރިކާއަށް މެސެޖެއް ދީފައި ވާ ކަމަށާއި, މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުން ޒަޔަނިސްޓް އިސްރާއީލުން އީރާނަށް ހަމަލާދިނުމުގައި ބައިވެރިވެއްޖެ ނަމަ އެސަރަހައްދުގައި ތިބި އެމެރިކާގެ މަރުކަޒުތަކާއި މުދަލާއި ސިފައިންނަށް ސަލާމަތެއް ނޯންނާނެ ކަމަށެވެ.

އީރާނުން އިސްރާއީލަށް ހަމަލާދީފައިވަނީ މި މަހުގެ ތެރޭގައި ސީރިއާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިސްރާއީލުން ވައިގެ ހަމަލާއެއްދީ އީރާނުގެ އިސް އޮފިޝަލުންތަކެއް މަރާލުމާއި ގުޅިގެންނެވެ.

އެކަމުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ދިނުމަށްފަހު އީރާނުން ރޭ އިސްރާއީލަށް ހަމަލާދިނުމަށް ވަނީ 300 އަށްވުރެ ގިނަ މިސައިލާއި ޑްރޯން ފޮނުވާލާފައެވެ. އޭގެ ތެރެއިން 99 އިންސައްތަ ހަމަލާތައް ހުއްޓުވާފައިވާ ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ