
-
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެ ވަޑައިގެންނެވި "ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ" ގައި ބަޑީގެ ހަމަލާތަކެއް ދީފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ވޮޝިންޓަން ހިލްޓަން ހޮޓަލުގައި ބޭއްވި މި ޑިނާ ނައިޓްގައި އެމެރިކާގެ ރައީސް ޓްރަމްޕް އާއި ފަސްޓްލޭޑީގެ އިތުރުން އެމެރިކާ ސަރުކާރުގެ ގިނަ އިސްވެރިންތަކެއް ބައިވެރިވި އެވެ.
މި ހަފްލާގެ ތެރެއިން ބަޑީގެ ހަމަލާ ދީފައިވަނީ ބޯލްރޫމް ބޭރުގައި ހުރި ސެކިއުރިޓީ ސްކްރީނިން ސަރަހައްދުގައެވެ. މި ހަމަލާތަކާއެކު ޓްރަމްޕްގެ ސެކިއުރިޓީ ޓީމުން ވަނީ އޭނާ އެތަނުން ރައްކާތެރިކަމާއެކު ނެރެފައެވެ. މި ހަމަލާދިން މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
ޓްރަމްޕް ބައިވެރި ހަފްލާއެއްގައި ބަޑީގެ ހަމަލާދީފައިވާއިރު، މިއީ އޭނާ ބައިވެރިވި ހަފްލާއެއްގައި ހަމަލާދިން ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން 2024 ވަނަ އަހަރުގެ ތެރޭގައި ވެސް އޭނާ ބައިވެރި ކެމްޕޭނު ހަރަކާތެއްގެ ތެރެއިން ވެސް ސީދާ ޓްރަމްޕަށް ވަނީ ހަމަލާދީފައެވެ. އެ ހަމަލާގައި އޭނާގެ ކަންފަތަށް ވަނީ އަނިޔާވެފައެވެ.
ގުޅުންހުރި

ވެނެޒުއޭލާގެ ނުރައްކާތެރި ގޭންގް ލީޑަރު ނީނިއޯ ގުއެރޭރޯ، އެމެރިކާގެ ޙަމަލާއެއްގައި މަރާލައިފި!

ސްޕިރިޓް އެއާލައިންސްގެ ހުރިހާ ފްލައިޓެއް ކެންސަލްކޮށް އޮޕަރޭޝަންތައް އެއްކޮށް ހުއްޓާލުމުގެ މަސައްކަތް ފަށައިފި

ޓްރަމްޕު ބައިވެރިވި ހަފްލާއެއްގައި ބަޑިޖަހައިފި




