logoEN
cocacola
ނިއުކާސަލް އަތުން ބަލިވެ ޓޮޓެންހަމް އިން ފުރުސަތު ނަގާލައިފި

ނިއުކާސަލް އަތުން ބަލިވެ ޓޮޓެންހަމް އިން ފުރުސަތު ނަގާލައިފި

ހަސަން ޝަމްއޫން

logo

4/14/2024, 2:45:04 AM

# ޓޮޓެންހަމް # އިނގިރޭސި ޕްރެމިއާ ލީގު# ނިއުކާސަލް ޔުނައިޓެޑް # ބޭރު ދުނިޔޭގެ ކުޅިވަރު

ޓޮޓެންހަމް ކޮޅަށް ލަނޑުޖެހުމަށް ފަހު ނިއުކާސަލްގެ ކުޅުންތެރިން އުފާފާޅުކުރަނީ

އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުން 4-0 ގެ ނަތީޖާއަކުން ބަލިވެ، ލީގު ތާވަލްގެ ހަތަރުވަނައަށް ކުރިއަށް ޖެހިލަން ލިބުނު ފުރުސަތު ޓޮޓެންހަމް އިން ނަގާލައިފިއެވެ.

ގޮސިޔާ

މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ޓިޮޓެންހަމް އިން މެޗު ޑޮމިނޭޓުކުރި އިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

އެގޮތުން ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ނިއުކާސަލް ޔުނައިޓެޑުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދިއިރު، މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ސްވިޑެން ފޯވާޑް އެލެގްޒެންޑަރ އިސާކް އެވެ. މިއީ އެޓީމުގެ އިގިރޭސި ފޯވާޑް އެންތަނީ ގޯޑެން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އޭގެ ދެމިނެޓު ފަހުން ގޯޑެން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ

މެޗުގެ ދެވަަނަ ހާފުގައިި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މެޗު ޑޮމިނޭޓުކުރީ ޓޮޓެންހަމް އިންނެވެ. ނަމަވެސް މިހާފުގައި ނިއުކާސަލް ޔުނައިޓެޑުން ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން އެޓީމުގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ 51 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް އެލެގްޒެންޑަރ އިސާކް އެވެ.

މިމެޗުގައި ނިއުކާސަލް ޔުނައިޓެޑުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ދެވަނަ ހާފުގެ 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސްވިޒަލޭންޑް ޑިފެންޑަރު ފަބިއަން ޝާރ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 32 މެޗުން ނިއުކާސަލް ޔުނައިޓެޑަށް 50 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ހަވަނައިގައެވެ. އަދި މިމެޗުން ބަލިވި ޓޮޓެންހަމް އިން ލީގުގައި ކުޅުނު 32 މެޗުން އެޓީމަށް 60 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ފަސްވަނައިގައެވެ.

ޮ

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ