logoEN
cocacola
ފެނަކައިން ކުރިޔަށްގެންދާ ފެނާއި ނަރުދަމާގެ މަޝްރޫއުތައް އެމްޑަބްލިއުއެސްސީއާއި ހަވާލުކުރަނީ

ފެނަކައިން ކުރިޔަށްގެންދާ ފެނާއި ނަރުދަމާގެ މަޝްރޫއުތައް އެމްޑަބްލިއުއެސްސީއާއި ހަވާލުކުރަނީ

އަހުމަދު ޝުރާއު

logo

5/2/2024, 5:01:17 PM

# ފެނަކަ ކޯޕަރޭޝަން# އެމްޑަބްލިއުއެސްސީ

މިއަދު ކުރިޔަށް ދިޔަ މަޝްވަރާތައް

ފެނަކަ ކޯޕަރޭޝަނުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށްގެންދާ ފެނާއި ނަރުދަމާގެ މަޝްރޫއުތައް މޯލްޑިވްސް ވޯޓާ އެންޑް ސުވޭޖް ކޮމްޕެނީ, އެމްޑަބްލިއުއެސްސީއާއި ހަވާލުކުރަން އުޅޭ ކަމުގެ އިޝާރާތެއް ސަރުކާރުން ދީފި އެވެ.

ގޮސިޔާ

މިކަން ހާމަވެފައިވަނީ މިއަދު ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީއިން އެކްސްގައި ކުރި ޕޯސްޓެއްގައި އެވެ.

މިނިސްޓްރީގެ ޕޯސްޓުގައި ބުނެފައިވަނީ އެ މިނިސްޓަރ އޮފް ސްޓޭޓް އަދި ޓެކްނިކަލް ޓީމުން އެމްޑަބްލިއުއެސްސީއާއި ފެނަކަ ކޯޕަރޭޝަންގެ ގެ މެނޭޖިންގ ޑިރެކްޓަރުންނާއި ބައްދަލު ކުރައްވައި، ފެނަކައިން ހިންގަމުންދިޔަ ފެނާއި ނަރުދަމާ މަޝްރޫޢުތަށް އެމްޑަބްލިއުއެސްސީއާއި އާ ހަވާލު ކުރުމުގެ މަސައްކަތާއި ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

View post on Twitter

އެގޮތުން މިއަދު ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު މުއާޒް އާއި އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލް މަތީން މުހައްމަދު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި މިނިސްޓްރީގެ ފަރާތުން މި ބައްދަލުވުން ލީޑް ކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހީމް ޠަޢާމު މުޙައްމަދު އެވެ.

ފެނަކަ ކޯޕަރޭޝަނުން ކުރިޔަށް ގެންދާ ފެނާއި ނަރުދާގެ މަޝްރޫއުތައް އެމްޑަބްލިއުއެސްސީއާއި ހަވާލުކުރުމުގެ މަޝްވަރާތައް ފަށާފައިވާއިރު އައު އެމްޑީ މުއާޒް ފެނަކައާއި ހަވާލުއިރު އެކުންފުނި އޮތީ މާލީ ގޮތުން ވަރަށް ބޮޑު ގެއްލުމެއްގައި ކަމަށް އެކުންފުނިން މީގެ ކުރިން ވަނީ ބުނެފައި އެވެ. ބެލެވޭ ގޮތުގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް އެމްޑަބްލިއުއެސްސީއާއި ހަވާލުކުރަން ނިންމާފައިވަނީ އެސަބަބާއި ހެދި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ