logoEN
cocacola
އައްޑޫ ސިޓީގެ ފެނުގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތް އެމްޑަބްލިއެސްސީއަށް

އައްޑޫ ސިޓީގެ ފެނުގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތް އެމްޑަބްލިއެސްސީއަށް

އައިޝަތު އިފާޝާ

logo

4/13/2024, 3:00:00 PM

# އެމްޑަބްލިއުއެސްސީ

އައްޑޫ ސިޓީގެ ފެނުގެ ނިޒާމު އަޕްގްރޭޑް ކުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އެމްޑަބްލިއުއެސްސީ

އައްޑޫ ސިޓީގެ ފެނުގެ ޚިދުމަތް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، (އެމްޑަބްލިއުއެސްސީ)އާ ހަވާލުކޮށްފިއެވެ.

ގޮސިޔާ

އައްޑޫ ސިޓީ ހިތަދޫ، ބޭއްވި ރަސްމިއްޔާތެއްގައި މިކަމާއި ގުޅޭ އެއްބަސްވުމުގައި އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާޙިމް ޠަޢާމް މުހައްމަދެވެ. މި އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު އެވެ. އައްޑޫ ހައިސްކޫލުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހިމްއެވެ.

282 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢު އެކުންފުންޏާއި ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މިގޮތުން މި މަސައްކަތުގެ ދަށުން އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ސެންޓްރަލް ޑީސެލިނޭޝަން ޕްލާންޓް އަޕްގްރޭޑް ކުރުމާއި ހުޅުމީދޫގައި ހުންނަ ޑީސެލިނޭޝަން ޕްލާންޓް އަޕްގްރޭޑް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި ދެ ރަށުގެ ފެން ތަހުލީލު ކުރުމަށް ބޭނުންވާ ލެބޯޓަރީ ވަސީލަތްތައް ޤާޢިމްކުރާނެއެވެ.

މީގެ އިތުރުން ހިތަދޫގައި އާރްއޯ ފެސިލިޓީ ބިލްޑިންގް އިމާރާތްކުރުމާއި، ބޯ ހޯލް ތޮރުފުމާއި ދުވާލަކު 1500 ޓަނުގެ ފެން އުފެއްދޭ 2 އާރްއޯ ޕްލާންޓް ޤާއިމް ކުރުމުގެ އިތުރުން ފެން ރައްކާކުރުމުގެ ރިޒާވް އިތުރު ކުރެވޭނެއެވެ. އެގޮތުން ގުޅިފައިވާ ރަށްތަކަށް ޚިދުމަތް ދިނުމަށް 6 ތާންގީއެއް ބަހައްޓައި 13،000 ޓަނަށް ސްޓޯރޭޖް އިތުރު ކުރެވޭނެއެވެ. މިއާއެކު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ޤާއިމްވެފައި ހުރި 3 ގަޑިއިރުގެ ފެނުގެ ރިޒާވް، ހަފްތާއެއް ހާ ދުވަހުގެ ރިޒާވަކަށް ބޮޑުވެގެންދާނެއެވެ.

މިމަސައްކަތުގެ ދަށުން ވަކިން އޮންނަ ހުޅުމީދޫގައި ދުވާލެއްގެ މައްޗަށް 350 ޓަނުގެ ފެން އުފެއްދޭ 2 އާރާއޯ ޕްލާންޓް ޤާއިމް ކުރެވި އާރްއޯ ފެސިލިޓީ އިމާރާތް ޤާއިމް ކުރެވޭނެއެވެ. އަދި އެރަށުގެ ފެން ރައްކާކުރުމުގެ ސްޓޯރޭޖް ކެޕޭސިޓީ 3000 ޓަނަށް މަތި ކުރެވޭނެއެވެ.

އެމްޑަބްލިއުއެސްސީއާ ހަވާލުކުރެވުނު މަސައްކަތުގެ ދަށުން ގުޅިފައިވާ ރަށްތަކުގައި އަދި ހުޅުމީދޫގައިވެސް އައު ބްރައިން އައުޓްފޯލް ހޮޅި ގާއިމްކުރާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ