logoEN
cocacola
ހަނިމާދޫ އާއި ޓްރިވެންޑްރަމްއާއި ދެމެދު މޯލްޑިވިއަންއިން އަލުން ދަތުރުތައް ފަށައިފި

ހަނިމާދޫ އާއި ޓްރިވެންޑްރަމްއާއި ދެމެދު މޯލްޑިވިއަންއިން އަލުން ދަތުރުތައް ފަށައިފި

އަހުމަދު ޝުރާއު

logo

4/13/2024, 10:04:44 AM

# މޯލްޑިވިއަން

މޯލްޑިވިއަންގެ ފްލައިޓެއް ހަނިމާދޫގައި

ހދ. ހަނިމާދޫ އާއި އިންޑިއާގެ ޓްރިވެންޑްރަމްއާ ދެމެދު މޯލްޑިވިއަންގެ ދަތުރުތައް އަލުން ފަށައިފިއެވެ.

ގޮސިޔާ

މޯލްޑިވިއަންއިން ހަނިމާދޫއާއި ޓްރެވިންޑްރަމްގެ ދަތުރުތައް އަލުން ފެށީ އިއްޔެ އެވެ. އެގޮތުން އިއްޔެވަނީ ދަތުރުތައް ފެށުމުގެ ގޮތުން ހަނިމާދޫ އެއާޕޯޓުގައި މޯލްޑިވިއަންއާއި ރީޖަނަލް އެއާޕޯޓްސް ގުޅިގެން ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިއެވެ.

މޯލްޑިވިއަންއިން ބުނީ ހަނިމާދުއާއި ޓްރިވެންޑްރަމްއާ ދެމެދު ދަތުރުތައް އޮންނާނީ ހުކުރާއި ހޯމަ ދުވަހުގައެވެ. މި ދަތުރުތައް ކުރާނީ މޯލްޑިވިއަންގެ ޑޭޝް 8ގެ މަތިންދާ ބޯޓަކުން ކަމަށް އެކުންފުނިން ބުންޏެވެ.

މޯލްޑިވިއަންއިން ހަނިމާދުއިން ޓްރިވެންޑްރަމްއަށް ދަތުރުކުރާ އެންމެ ކުޑަ ފެއާ އަކީ 5،191 ރުފިޔާއެވެ.

View post on Twitter

މޯލްޑިވިއަން އިން ބުނީ އިންޑިއާގެ ޓްރިވެންޑްރަމްއަށް ދަތުރުކުރުމަށް ވެބްސައިޓާއި އެޕް މެދުވެރިކޮށް އަދި ޓިކެޓް އޮފީސް މެދުވެރިކޮށް ޓިކެޓް ބުކް ކުރެވޭނެ ކަމަށެވެ.

ޓްރެވިންޑްރަމްއާއި ހަނިމާދޫއާއި ދެމެދު ކުރާ ދަތުރުތައް އަލުން ފަށަން ނިންމާފައިވާކަން މޯލްޑިވިއަންއިން ހާމަކުރީ މިދިޔަ މަހުގެ 6 ވަނަ ދުވަހު އެވެ. ދަތުރުތައް އަލުން ފެށުމާއި ގުޅޭގޮތުން އޭރު އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިލްޔާސް ވިދާޅުވީ މި ދަތުރުތަކާއެކު، ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަތަކެއް ލިބި، އިޤްތިސާދީގޮތުންވެސް އެ ސަރަހައްދަށް ކުރިއެރުންތައް ލިބޭނެކަމަށެވެ.

މޯލްޑިވިއަންއިން ވަނީ މީގެ ކުރިންވެސް ހަނިމާދޫއިން ޓްރެވިންޑްރަމަށް ދަތުރުތައް ބާއްވާފައި އެވެ.އެ ދަތުރުތައް މެދުކަނޑާލީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ