logoEN
cocacola
އަމިއްލަ ދަނޑުގައި ސެލްޓަވީގޯ އަތުން ރެއާލް ބެޓިސްއަށް އުނދަގޫ މޮޅެއް

އަމިއްލަ ދަނޑުގައި ސެލްޓަވީގޯ އަތުން ރެއާލް ބެޓިސްއަށް އުނދަގޫ މޮޅެއް

ހަސަން ޝަމްއޫން

logo

4/13/2024, 3:04:20 AM

# ބޭރު ދުނިޔޭގެ ކުޅިވަރު# ސްޕެނިޝް ލަ ލީގާ# ސެލްޓާ ވިގޯ # ރެއާލް ބެޓިސް

ސެލްޓަ ވީގޯ އާއި ރެއާލް ބެޓިސް ވާދަކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލަލީގާގައި ހުކުރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ސެލްޓަވީގޯ އަތުން މޮޅުވެ، ރެއާލް ބެޓިސް އިން ލީގު ތާވަލުގެ 7 ވަނައަށް ކުރުއަށް ޖެހިލައިފިއެވެ.

ގޮސިޔާ

މިދެޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން 4 މެޗުން ސެލްޓަވީގޯ މޮޅުވެފައި ވާއިރު، އެއްމެޗު ނިމިފައިވަނީ ދެޓީމު އެއްވަރުވެގެންނެވެ. އަދި މިއީ 2021 ވަނަ އަހަރުގެ ފަހުން ސެލްޓަވީގޯ އަތުން ރެއާލް ބެޓިސް މޮޅުވި ފުރަތަމަ ފަހަރެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ރެއާލް ބެޓިސް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން 8 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޖުއާން މިރާންޑާއެވެ. މިއީ އެޓީމުގެ ޑިފެންޑަރު ހެކްޓާ ބެލަރިންގް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބު ލަނޑެކެވެ.

ރެއާލް ބެޓިސް އިން އެޓީމުގެ ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު ނަބީލް ފެކީރް އެވެ. މިއީ އެޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރ އިސްކޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ނަމަވެސް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސެލްޓަވީގޯ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޑެންމާކް ފޯވާޑް ޔޯގެން ސްޓްރެންޑް ލާސަން އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ރެއާލް ބެޓިސް ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު 31 މެޗުން ރެއާލް ބެޓިސް އަށް 45 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 7 ވަނައިގައެވެ. އަދި މިމެޗުން ބަލިވި ސެލްޓަވީގޯ އަށް 31 މެޗުން ލިބުނު 28 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 17 ވަނައިގައެވެ

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ