logoEN
cocacola
އައްޑޫގެ ފެނާއި ނަރުދަމާ ނިޒާމް އަޕްގްރޭޑްކުރުމުގެ މަޝްރޫއު މި ހަފްތާގައި އެމްޑަބްލިއުއެސްސީއާއި ހަވާލުކުރަނީ

އައްޑޫގެ ފެނާއި ނަރުދަމާ ނިޒާމް އަޕްގްރޭޑްކުރުމުގެ މަޝްރޫއު މި ހަފްތާގައި އެމްޑަބްލިއުއެސްސީއާއި ހަވާލުކުރަނީ

އަހުމަދު ޝުރާއު

logo

4/12/2024, 6:44:02 PM

# އައްޑޫ ސިޓީ

ރައީސް އައްޑޫގައި

އައްޑޫގެ ފެނާއި ނަރުދަމާ ނިޒާމް އަޕްގްރޭޑްކުރުމުގެ މަޝްރޫއު މި ހަފްތާގައި ކޮންޓްރެކްޓަރަކާއި ހަވާލުކުރެވިގެންދާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ހާމަކުރައްވައިިފި އެވެ.

ގޮސިޔާ

ރައީސް މިފަދައިން ހާމަކުރެއްވީ މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން އައްޑޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި އެވެ.

އެގޮތުން ރައީސް ވިދާޅުވީ މުޅި އައްޑޫގެ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމަށް ޚާއްސަ މަޝްރޫއެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެމަޝްރޫއަށް ގާތްގަނޑަކަށް 282 މިލިއަން ރުފިޔާ ހަރަދުވާނެ ކަން ރައީސް ހާމަކުރެއްވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މި މަޝްރޫއުގެ މަސައްކަތް މާދަމާ ނުވަތަ މި ފަށާ ހަފްތާގެ ތެރޭގައި ހަވާލުކުރާނެ ކަމަށާއި މި މަސައްކަތް ހަވާލު ކުރަނީ މޯލްޑިވްސް ވޯޓާރ އެންޑް ސުވަރޭޖް ކޮމްޕެނީ, އެމްޑަބްލިއުއެސްސީއާއި ކަމަށެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގެ ހުރިހާ ރަށެއްގެ ފެނާއި ނަރެުދަމާ އަޕްގްރޭޑް ވެގެންދާނެ ކަން ރައީސް ހާމަކުރެއްވި އެވެ.

މިރޭގެ ޖަލްސާގައި ރައީސް ވަނީ އައްޑޫގެ ގިނަ މަޝްރޫއުތަކެއްގެ އަދާހަމަ އެސިޓީގެ ރައްޔިތުންނާއި ހިއްސާކުރައްވާފައި އެވެ. އެގޮތުން ރައީސް ވަނީ އެމަނިކފުާނުގެ އައްޑޫ ސިޓީއަށް ވެވަޑައިގެންނެވި ހުރިހާ ވައުދެއްވެސް މި ދައުރުގެ ތެރޭގައި ފުރިހަމަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަންވެސް ހާމަކުރައްވާފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ