logoEN
cocacola
ރައީސް ދެއްވީ މާލެއާއި އެއް ފެންވަރެއްގައި އައްޑޫ ތަރައްޤީކުރާނެ ކަމުގެ ޔަގީންކަން!

ރައީސް ދެއްވީ މާލެއާއި އެއް ފެންވަރެއްގައި އައްޑޫ ތަރައްޤީކުރާނެ ކަމުގެ ޔަގީންކަން!

އަހުމަދު ޝުރާއު

logo

4/12/2024, 6:27:45 PM

# އައްޑޫ ސިޓީ

ރައީސް މުއިއްޒު

މާލެއާއި އެއް ފެންވަރުގެ ޚިދުމަތްދެވޭ ނުވަތަ އެއަށްވުރެ މަތީ ފެންވަރަށް އައްޑޫ ސިޓީ ތަރައްޤީކުރައްވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ރައީސް މިފަދައިން ވިދާޅުވީ މަޖިލިސް ކެމްޕެއިނަށް އައްޑޫއަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން މިރޭ އެސިޓީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ. އެގޮތުން ރައީސް ވިދާޅުވީ ދެކުނަށް ތަރައްގީ ގެނެވޭނީ ދެކުނުގެ ހަތަރު އަތޮޅު އިންޓަގްރޭޓެޑް ޒޯނެއްގެ ގޮތުގަައި ތަރައްގީކޮށްގެން ކަމަށާއި އެގޮތުން އައްޑޫ ސިޓީ ވެގެންދާނީ ދެކުނުގެ މައި ހަބަށް ކަމުގައި ކަމަށެވެ.

"އަޅުގަނޑު ބޭނުންވަނީ މާލޭގެ ތަރައްގީ، މާލޭގައި ކުރިއަށް މިގެންދާ ހުރިހާ ކަމެއް މާލެއާ އެއްފެންވަރުގަ، އެއީ ތައުލީމީ ނިޒާމު ވިޔަސް އަދި ސިއްހީ ނިޒާމުވިޔަސް ހުރިހާ ކަމެއް މާލެއާ އެއްފެންވަރެއްގަ އަދި އެއަށްވުރެ ވެސް ރަނގަޅަށް ތަރައްގީވެފައި އޮންނަ ތަނަކަށް އައްޑޫ ސިޓީ ވުން،" ރައީސް ވިދާޅުވި އެވެ.

އެގޮތުން ކުރީގެ ސަރުކާރުތަކުން ދެއްކީ ތަރައްޤީގެ ދަޅަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އައްޑޫގެ ރައްޔިތުންގެ ތަރައްގީގެ އުއްމީދުތަކުގައި މި ސަރުކާރުން ހަގީގީ ކުލަ ޖައްސާނެ ކަމަށެވެ.

"ތަރައްޤީގެ އުންމީދުގައި ހަޤީޤީ ކުލަޖެހި، އަމަލީ ސިފައިގައި ނަތީޖާނެރެ ތަރައްޤީ ދައްކައިދޭން އަޅުގަނޑު ބޭނުންވަނީ. އެކަން ކުރެވޭނީ ތިބޭފުޅުން ދެއްވާ އެއްބާރުލުން ދެއްވައިގެން. ." ރައީސް ވިދާޅުވިއެވެ.

އައްޑޫގެ ތަރައްޤީއަށް ބޮޑެތި މަޝްރޫޢުތަކެއް ހުރިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވަޢުދުތައް ފުއްދަން އިންތިޚާބެއް އަންނަންދެން މަޑުނުކުރައްވާނެކަމަށެވެ. ރައީސްގެ އަމާޒަކީ މި ދައުރުގެ ތެރޭގައި އައްޑޫއަށްވެސް ވެވަޑައިގެންނެވި ވައުދުތައް ރަނުން ރަނަށް ފުއްދުން ކަމަށް ރައީސް ވަނީ މިރޭގެ ޖަލްސާގައި ވެސް ވިދާޅުވެފައި އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ އައްޑޫއަށް ވަރަށް ބޮޑެތި ވައުދުތަކަކާއި އެކުގައި އެވެ. އެގޮތުން ބައެއް ބޮޑެތި މަޝްރޫތަކުގެ އަމަލީ މަސައްކަތް ފެށުމަށް މިހާރު ވަނީ ސާވޭތަކުގެ މަސައްކަތްތައް ފަށައި ބައެއް މަސައްކަތްތައް ނިމުމަކާއިވެސް ގާތްވެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ