logoEN
cocacola
އަމިއްލަ ދަނޑުގައި ރޯމާ އަތުން އޭސީ މިލާން ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ރޯމާ އަތުން އޭސީ މިލާން ބަލިވެއްޖެ

ހަސަން ޝަމްއޫން

logo

4/12/2024, 9:35:39 AM

# އޭސީ މިލާން# ރޯމާ# ބޭރު ދުނިޔޭގެ ކުޅިވަރު# ޔުއެފާ ޔޫރޮޕާ ލީގު

އޭސީ މިލާން ކޮޅަށް ލަނޑުޖެހުމަށްފަހު ރޯމާގެ ކުޅުންތެރިން އުފާފާޅުކުރަނީ

ޔުއެފާ ޔޫރޮޕާ ލީގު ކުއާޓާ ފައިނަލުގެ ފުރަތަަމަ ލެގުގައި ބުރާސްފަތި ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ރޯމާއި ދެކޮޅަށް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން އޭސީ މިލާން ބަލިވެއްޖެއެވެ.

ގޮސިޔާ

މިދެޓީމު އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިިން އޭސީ މިލާން 6 މެޗުން މޮޅުވެފައިވާއިރު، ތިން މެޗު ނިމިފައި ވަނީ ދެޓީމް އެއްވަރުވެގެންނެވެ. އަދި މިއީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުން އޭސީ މިލާން އަތުން ރޯމާ މޮޅުވި ފުރަތަަމަ ފަހަރެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗު 17 ވަނަ މިނެޓުގައި ރޯމާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ޖިއަންލޫކާ މަންސީނީ އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި އެޓީމުގެ އާޖެންޓީނާ ފޯވާޑް ޕައުލޯ ޑިބާލާ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ރޯމާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި އޭސީ މިލާނުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައިި އެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

އެގޮތުން މިހާފުގައި އެޓީމުން އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ ތަޖުރިބާކާރު ފޯވާޑް އޮލިވިއޭ ޖިރޫޑް އަށެވެ. ނަމަވެސް މެޗު ނިމެން ތިން މިނިޓަށްވެފައި ވަނިކޮށް ރޯމާގެ ޕެނަލްޓީ އޭރިއާ ތެެރެއިން ލިބުނު ހުސް ފުރުސަތެއްގައި އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ރޯމާ ކުރީގައި އޮވެގެންނެވެ. އަދި މިދެޓީމުގެ މެދުގައި ކުޅެވޭ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގެ މެޗު ރޯމާގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ރޭ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ