logoEN
cocacola
ރަށުން ބޭރުގައި ލެވަކޫސަން އަތުން  ވެސްޓްހަމް ބަލިވެއްޖެ

ރަށުން ބޭރުގައި ލެވަކޫސަން އަތުން ވެސްޓްހަމް ބަލިވެއްޖެ

ހަސަން ޝަމްއޫން

logo

4/12/2024, 8:45:02 AM

# ޔުއެފާ ޔޫރޮޕާ ލީގު # ބޭރު ދުނިޔޭގެ ކުޅިވަރު# ވެސްޓްހަމް ޔުނައިޓެޑް # ބަޔާ ލެވަކޫސަން

ވެސްޓްހަމް ކޮޅަށް ލަނޑުޖެހުމަށްފަހު ލެވަކޫސަންގެ ކުޅުންތެރިން އުފާފާޅުކުރަނީ

ޔުއެފާ ޔޫރޮޕާ ލީގު ކުއާޓާ ފައިނަލު ފުރަތަަމަ ލެގުގައި ބުރާސްފަތި ދުވަހުގެ ރޭ ރަށުން ބޭރުގައި ޖަރުމަނުގެ ބަޔާ ލެވަކޫސަން އާއި ދެކޮޅަ ޕްރެމިއާ ލީގުގެ ވެސްޓްހަމް ޔުނައިޓެޑުން ކުޅުނު މެޗުން 2-0 ގެ ނަތީޖާ އަކުން ވެސްޓްހަމް ބަލިވެއްޖެއެވެ.

ގޮސިޔާ

ލެވަކޫސަންގެ ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަަމަ ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ މެޗު ޑޮމިނޭޓުކުރީ ލެވަކޫސަން އިންނެވެ. އެގޮތުން މިސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ލެވަކޫސަން އިން ވަނީ ފުރަތަަމަ ހާފުގައި ވެސްޓްހަމްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް މޮޅަށް ކުޅެ ލެވަކޫސަން އިން މެޗު ޑޮމިނޭޓުކުރި އިރު، މިހާފުގައި ވެސް އެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ 83 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ޖޮންސް ހޮފްމަން އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނައިޖީރިއާ ފޯވާޑް ވިކްޓާ ބޮނިފޭސް އެވެ. މިއީ އަނިޔާގެ ސަބަބުން ތިން މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު ކުޅުނު ތިން މެޗުގައި އޭނާ ކާމިޔާބުކުރި ފުރަތަަމަ ލަނޑެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ބަޔާ ލޭވަކޫސަން ކުރީގައި އޮވެގެންނެވެ.

މިދެޓީމު މެދުގައި ކުޅެވޭ ކުއާޓާ ފައިނަލު ދެވަނަ ލެގުގެ މެޗު ވެސްޓްހަމްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ރޭ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ