logoEN
cocacola
ޗައިނާއިން ގަންނަ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސަނީ

ޗައިނާއިން ގަންނަ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސަނީ

އައިޝަތު އިފާޝާ

logo

4/11/2024, 7:36:13 AM

# މުހައްމަދު ސައީދު

އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު

ދިވެހި ވިޔަފާރިވެރިން ޗައިނާގެ ޔުއާންއިން އިމްޕޯޓްކުރާ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހޭނެކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ވަޒީރު ސައީދު މިހެން ވިދާޅުވީ، ރައީސް ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ލ.މާވަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ލ.މާވަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ، މިސަރުކާރުގެ އަމާޒުހުރީ މަދުވެގެން 2 އަހަރު ތެރޭގައި ޑޮލަރުގެ ރޭޓް ރަސްމީ ރޭޓަށް ބަދަލުކޮށް އެއަށްވުރެވެސް ދަށްކުރުމަށްކަމަށެވެ.

ރާއްޖެއަކީ ވިޔަފާރީގައި ހުޅުވާލެވިފައި އޮތް ގައުމެއްކަން ފާހަގަކުރައްވައި ވަޒީރު ސައީދު ވިދާޅުވީ، ޗައިނާއާއެކު 720 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި އަދި އިންޑިއާއާއެކު 780 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ކުރާކަމަށެވެ. އަމާޒުހުރީ ދިވެހި ވިޔަފާރިވެރިންނަށް ދުނިޔޭގެ އެކި ޤައުމުތަކުން އިމްޕޯޓްކުރާ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ވަރަށް އަވަހަށް ޗައިނާގެ ޔުއާންއިން އިމްޕޯޓްކުރާ މުދަލަށް ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށެވެ.

"ޗައިނާ ސަރުކާރުން މިހާރު އަޅުގަނޑުމެން ވާނީ ރައީސްގެ އެޑްވައިޒަރއާއެކު ޗައިނާގެ ސެންޓްރަލް ބޭންކް ގަވަރނައަށް ރާއްޖެއަށް ދައުވަތުދީފައި. މިއަދު މި ދަތުރުގައި އައިއިރު އޭގެ ޖަވާބުވެސް އެބައޮތް ލިބިފައި. އަޅުގަނޑުމެން ކަރަންސީ ސްވޮޕް އެރޭންޖްމަންޓްގައި އިރާދަކުރެއްވިއްޔާ ޓްރޭޑް ފެސިލިޓޭޝަންއަށް ހަމައެކަނި 720 މިލިއަން ޑޮލަރުގެ ބައިކުޅަބައި ލިބުނު ކަމުގައިވިއަސް ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއިން އިންޕޯޓްކުރާ މުދާ ޔުއާންއިން ރުފިޔާއިން ޕޭކުރެވޭނެ އިރާދަކުރެއްވިއްޔާ. ހަމައެގޮތަށް އިންޑިއާއިން ގެންނަ އެއްޗެހިވެސް އަޅުގަނޑުމެންގެ އަމާޒު ހުރީ އިރާދަކުރެއްވިއްޔާ ރުފިޔާއިން ފައިސާ ދެއްކޭނެ ގޮތެއް ހޯދަން." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މިގޮތަށް ހަމަޖެހުމުން ޑޮލަރުގެ ކުރިމަތީގައި ދިވެހި ރުފިޔާ 30 ނުވަތަ 40 ފަސެންޓް ވަރުގަދަވެގެންދާނެކަމަށެވެ. ނަތީޖާއަކަށް ވެގެންދާނީ ޑޮލަރުގެ ރޭޓް 15.42 އަކަށްވުރެ ވެސް ދަށަށް ދިއުންކަމަށެވެ.

ވަޒީރު ވިދާޅުވީ، އިރާދަކުރެއްވިއްޔާ ދުނިޔޭގެ މަޝްހޫރު ހުރިހާ އީވޮލެޓެއް ރާއްޖެ ގެންނާނެކަމަށެވެ. އޭގެތެރޭގައި ކޮރެއާ، ޖަޕާން، ޗައިނާ، ޔޫއެސްއޭ، ސިންގަޕޯރ، މެލޭޝިއާ، އިންޑިއާ، ޔޫއޭއީ ފަދަ ޤައުމުތައް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން މިމަހު 14 ގައި އަލިޕޭ، އަދި ވީޗެޓުން ރަސްމީ ސިފައެއްގައި ވާހަކަދެއްކުމަށް ރާއްޖެ އަންނަކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ