logoEN
Sto top
ޖަމީލުއަށް ސައީދުގެ ފާޑުކިޔުން: މައިކު އަތުޖެހުމުން ތިދަނީ "ދުނިޔެ ރަންވެ" ހޭބުއްދި ލުހިގެން!

ޖަމީލުއަށް ސައީދުގެ ފާޑުކިޔުން: މައިކު އަތުޖެހުމުން ތިދަނީ "ދުނިޔެ ރަންވެ" ހޭބުއްދި ލުހިގެން!

އަހުމަދު ޝުރާއު

logo

4/18/2025, 4:32:16 PM

# މުހައްމަދު ސައީދު# ޑރ. މުހައްމަދު ޖަމީލް އަހުމަދު

--

ޕީއެންއެފުން ބޭއްވި ފްރޮންޓް އޮފީހުގެ ޖަލްސާއެއްގައި ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް ދެއްކެވި ވާހަކަތަކާއި ގުޅިގެން އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކަންބޮޑުވުން ވާޅުކުރައްވައި ޖަމީލްއަށް ފާޑުވިދާޅުވެއްޖެ އެވެ.

Wamco

ރޭ ޕީއެންއެފްއިން ބޭއްވި ޖަލްސާގައި ޑރ ޖަމީލް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ސުވަރުގެ ހަރާމްވާނެ ކަމަށް ވިދާޅުވެ "ފަތުވާ"އެއް ދެއްވާފައި އެވެ.

މިކަމާއި ގުޅިގެން ޖަމީލްއަށް ގިނަ ބަޔެއްގެ ފަޑުކިޔުން އަމާޒުވަމުންދާއިރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2007 ވަނަ އަހަރު ރާއްޖޭގައި ނެގި ނިޒާމީ ވޯޓުގެ ކުރީން އޭރުގެ ބޮޑު ދެ ޕާޓީގެ މެދުގައި ބޭއްވި ނިޒާމީ ބަހުސްގައި ވެސް ޑރ ޖަމީލު ރުންކުރުވެ، އެތާ ތިބި ރައްޔިތުންނަށް ނާގާބިލަށް، ޖާހިލަށް ގޮވުމަށްފަހު ނަފްސު ކޮންޓްރޯލު ނުވެގެން ސްޓޭޖު ދޫކޮށް ވަޑައިގެންނެވި ކަމަށެވެ. އަދި އޭގެ 17 އަހަރު ފަހުންވެސް ފެނިގެންދަނީ ހަމަ އެ މަންޒަރު ކަމަށެވެ.

" މައިކު އަތުޖެހުމުން "ދުނިޔެ ރަންވެ" ހޭބުއްދި ލުހި، އަނބިދަރީންނާ ޢާއިލާތަކުގެ ކަރާމާތަށް މި އަރައިގަންނަނީ. ބަސްމަގު ހުތުރުވެ އަދި ނުވިތާކަށް ފާފަފުއްސެވުމާ ސުވަރުގެއާއި ނަރަކައަށް ވެއްދެވުން ފަދަ ހަމައެކަނި الله އަށް ލިބިވޮޑިގެންވާ ބާރުތަކާމެދުވެސް ތިމާ އަމިއްލައަށް ގޮތް ނިންމާ ތައުބާވާން މަޖުބޫރު ހިސާބަށް މިދަނީ،" ސައީދު ވިދާޅުވި އެވެ.

އެފަދަ ބޭފުޅުންނާ އަޅާ ބަލާއިރު ރައީސް މުއިއްޒުގެ ތަފާތަކީ ހަރުދަނާކަމާއި، މަޑުމައިތިރިކަމާއި ރީތި އަޚްލާޤު ކަމަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ އަނެކުންގެ ކަރާމާތް ހިފެހެއްޓެވުމާއި، ހީވާގިކަމުގެ އިތުރުން ރެޔާދުވާލު ރައްޔިތުންނަށް ވެވަޑައިގަތް ވަޢުދު ފުއްދެވުމަށް ހިންމަތާއެކު ރައީސް ކުރައްވަނީ ބުރަ މަސައްކަތެއްކަން ފާހަގަކުރައްވާފައި އެވެ.

އަދި ‏އެކަންކަން ކާމިޔާބުވަމުންދާތީ ރައީސް މުޢިއްޒަށް ރައްޔިތުންގެ ލޯބި އިތުރުވަމުންދާ ކަމަށާއި އެ މަންޒަރު ފެނުމުން "ހަމައިން ނެއްޓުމަކުން ވާނެ މޮޅެއް ނޯންނާނެ" ކަމަށްވެސް ސައީދު ވިދާޅުވި އެވެ. އަދި ސިޔާސީ ޕާޓީ ހިންގުމުގެ ނަމުގައި ޖަމީލްމެން ފަދަ މީހުން ކުރަމުންދަނީ ގައުމަށާ އާއިލާތަކަށްވެސް ފުރައްސާރަކަމުގައޮ ސައީދު ވިދާޅުވި އެވެ.

ސައީދު ވަނީ މިއީ ކިޔަވައިގެން ތިބި ޒުވާނުން މިހާ ގިނަ ތަހުޒީބު މުސްލިމް ރައްޔިތެއް ބަލައިގަންނާނެ ކަންކަން ނޫން ކަމަށްވެސް ވިދާޅުވެފަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside