logoEN
cocacola
ސަރުކާރުގެ ދައުވަތަކީ ފިކުރު އެއްކިބާކޮށް ޤައުމުގެ ތަރައްޤީއަށް ޒުވާނުން ނިކުތުން - ސައީދު

ސަރުކާރުގެ ދައުވަތަކީ ފިކުރު އެއްކިބާކޮށް ޤައުމުގެ ތަރައްޤީއަށް ޒުވާނުން ނިކުތުން - ސައީދު

އަހުމަދު ޝުރާއު

logo

9/12/2024, 4:51:49 PM

# މުހައްމަދު ސައީދު

--

ޤައުމުގެ ހާލަތު ބަދަލުކުރުމަށް ސަރުކާރާއެކު ޒުވާނުން މަސައްކަތްކުރުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އެދިވަޑައިގެންފިއެވެ.

ގޮސިޔާ

ވަޒީރު މިކަމަށް އެދިވަޑައިގަތީ ވިލާ ކޮލެޖްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ވިލާކޮލެޖްގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓް ނަންބަދަލު ކުރުމާއި އިންކިއުބޭޝަން ސެންޓަރ އިފްތިތާހީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިޤްތިޞާދީ ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖެ މިއަދު އޮތް ހިސާބަށް ބަލާއިރު ޤައުމުގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަން ކަމަށެވެ. ފަތުރުވެރިކަމުގެ ތެރެއިން އަދި އެހެން ސިނާއަތްތަކުންވެސް އިޤްތިޞާދު ސިންދަފާތުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް ވިދާޅުވިއެވެ.

އަދި ވިދާޅުވީ، ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ޤައުމު އޮތީ ވަރަށް އުނދަގޫ ހާލަތެއްގައިކަމަށެވެ. އެގޮތުން ދަރަނި އޮތީ 122 ބިލިއަން ރުފިޔާގައިކަމަށާއި ޒުވާން ތައުލީމީ ރައީސެއް ޤައުމު ބިނާކުރުމަށް މަސައްކަތް މިއަދު ކުރަމުންއަންނައިރު، ސަރުކާރުގެ ދައުވަތަކީ ފިކުރު އެއްކިބާކޮށް ޤައުމުގެ ތަރައްޤީއަށް ޒުވާނުން ނިކުތުންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޒުވާނުންނަށް ވަޒީރު ވަނީ ޤައުމު ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމަށް ދައުވަތު ދެއްވާފައެވެ.

"ތިބޭފުޅުންނާއިއެކު މަސައްކަތްކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެ. އަޅުގަނޑުމެންނަށް ކުރެވޭނެ ކޮށްދެވޭނެ ކަންތައްތައް އަޅުގަނޑުމެންނަށް ފަހިކޮށްދެވޭނެ. އެއީ ރާއްޖޭގެ ހުރިހާ ކޮލެޖްތަކަށް ސްކޫލްތަކަކަށްވެސް. އެހެންވީމަ އަޅުގަނޑު އެދެނީ ސަރުކާރާއެކުގައި ރައީސުލްޖުމްހޫރިއްޔާގެ ފަހަތްޕުޅުގައި ތިބޭފުޅުން ނޭޝަން ބިލްޑިންއަށް އައު ޖޯޝެއްގައި އައު ފޯރިއަކާއިއެއްކޮށް މަސައްކަތް ކޮށްދެއްވުން. އިނޮވޭޓިވް އައު ސެކްޓަރތަކަށް ވަދެވަޑައިގަތުމަށްޓަކައި މަސައްކަތްތަކެއް ކުރެއްވުން. އަޅުގަނޑުމެން ޤައުމުގެ ރޭޓިން ބަދަލުކުރާނަން އިރާދަކުރެއްވިއްޔާ. އަޅުގަނޑުމެން ދަރަނި އަރަންޏަށް ހެދޭނީ އަޅުގަނޑުމެން އެންމެން އެކުގައި އެއްކޮށް މަސައްކަތްކޮށްގެން." ވަޒީރު ވިދާޅުވިއެވެ.

ވިލާ ކޮލެޖުން ތަޢާރަފުކުރި އިންކިއުބޭޝަން ސެންޓަރަކީ ވިޔަފާރިތަކަށް މަގުދައްކައިދީ، އިރުޝާދާއި ލަފާ ފޯރުކޮށްދޭނެ މަރުކަޒެކެވެ. މީގެ އިތުރުން، މި މަރުކަޒުގައި އެކި ދާއިރާތަކުގެ ވިޔަފާރިތަކަށް ބޭނުންވާ ޚިދުމަތްތަކާއި ވަސީލަތްތައް ޤާއިމުކުރެވިފައި ހުންނާނެއެވެ. މި މަރުކަޒަކީ އަލަށް ފަށާ އަދި ކުރިއަރަމުން އަންނަ ވިޔަފާރިތަކަށް އެހީތެރިވެދޭ، އެ ފަރާތްތަކުގެ ކާމިޔާބީއަށް މަގުފަހިކޮށްދޭނެ މުހިންމު މަރުކަޒަކަށް ވެގެންދާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ