--
މި ސަރުކާރުން ރާއްޖޭގެ އެންމެ އުތުރުގައި ފެށި ބަންކަރިންގެ ޚިދުމަތް ނުހުއްޓޭ ކަމަށާއި އެހިދުމަތުން ރަނގަޅު ނަތީޖާއެއް ނެރެވެމުންދާކަމަށް އިޤްތިސާދީ ތަރައްޤީއާ ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފެށި ބަންކަރިންގ ހިދުމަތް ހުއްޓިފައިވާ ކަމަށާއި އެކަމުން ދައުލަތަށް ގެއްލުންތަކެއް ވި ކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމަށް ރައްދު ދެއްވައި ސައީދު ވިދާޅުވީ ބަންކަރިންގެ ޚިދުމަތް ނުހުއްޓި ކުރިއަށްދާ ކަމަށާއި ނަމަވެސް އެހިދުމަތަކީ އެސްޓީއޯއިން ފޯރުކޮށްދެމުންދާ ހިދުމަތެއް ކަމުން ލިބުނު ސީދާ އާމްދަނީގެ ތަފްސީލް އިނގޭނީ އެކުންފުންޏަށް ކަމަށެވެ. ނަމަވެސް އެހިދުމަތުން ރާއްޖެއަށް ރަނގަޅު އާމްދަނީއެއް ލިބެމުންދާކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު އިތުރަަށް ވިދާޅުވީ މި ހިދުމަތް ފުޅާކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި އަވަހަށް ހިދުމަތް ފެށުމުގެ ގޮތުން ޕޯޓެއް ނެތި އޮފްޝޯ ހިދުމަތެއްގެ ގޮތުގައި ބަންކަރިންގ ހިދުމަތް ފެށުނު ނަމަވެސް މިކަމަށްޓަކައި އުތުރުގައި ޚާއްސަ ޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. އަދި އެމަސައްކަތް ކުރިޔަށްގެންދާނީ ބަންކަރިންގ ހިދުމަތް ދިނުމަށް ހަވާލުކުރި ކުންފުންޏާއި އެކުގައި ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
ހިދުމަތް ފުޅާކުރުމަށް ކުރިޔަށްގެންދާ މަސައްކަތުގެތެރެއިން ބައިނަލަގްވާމީ ބަންކަރިންގ ހިދުމަތާއި ގުޅުންހުރި ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރިޔަށްދާކަންވެސް ސައީދު ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި އޮފްޝޯ ބަންކަރިންގެ ޚިދުމަތް ފެށީ އެސްޓީއޯއިން ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އުފުލޭ ދެބޯޓު ގެނެސްގެންނެވެ. އަދި އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ބަންކަރިން މަޝްރޫޢެއް ހިންގުމަށް އެސްޓީއޯއިން ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލްއާއެކު އެއްބަސްވުމުގައި ވެސް ވަނީ ސޮއިކޮށްފައި އެވެ.
ގުޅުންހުރި
ބަންކަރިންގެ ހިދުމަތް ހުއްޓައެއްނުލާ ، ނަތީޖާ ރަނގަޅު - ސައީދު

ޖަމީލުއަށް ސައީދުގެ ފާޑުކިޔުން: މައިކު އަތުޖެހުމުން ތިދަނީ "ދުނިޔެ ރަންވެ" ހޭބުއްދި ލުހިގެން!

ރާއްޖެއަށް އިތުރު އިންވެސްޓްމެންޓުތައް ހޯދުމަށް ސައީދު ތުރުކީއަށް!
